މާލެ: 31°C

ރާއްޖޭގެ އިރުމަތިން ދަނީ ކޮޅިގަނޑެއް އުފެދެމުން ކަމަށް މެޓުން ބުނެފި

January 12, 2025
2 ފަހަރު ބަލާފައި
ރާއްޖޭގެ އިރުމަތިން ދަނީ ކޮޅިގަނޑެއް އުފެދެމުން ކަމަށް މެޓުން ބުނެފި
ރާއްޖޭގެ އިރުމަތިން ދަނީ ކޮޅިގަނޑެއް އުފެދެމުން ކަމަށް މެޓުން ބުނެފި
ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް އަނެއްކާވެސް ކޮޅިގަނޑެއް އުފެދެމުން އަންނަކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ހާމަކޮށްފި އެވެ. މެޓް އޮފީހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ސަރކިއުލޭޝަނެއް އުފެދެމުން އަންނަކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރަމުން މިދަނީ ރާއްޖޭގެ ހުޅަނގު ބިތުގައި ކުރިން އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، އަންގާރަ އަދި ބުދަ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް އެ އޮފީހުން އިންޒާރު ދީފައިވެއެވެ. އެ ދުވަސްތަކުގައި ރާއްޖެ ސަރަހައްދުގެ ވައި ބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ. މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި މުޅި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ. މޫސުން ގޯސްވަމުން ދާތީ، ރައްޔިތުންނަށް ސަމާލުވުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ޢަމަލު ކުރުމަށް މެޓް އޮފީހުން ގޮވާލައްވާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ