މާލެ: 31°C

ހިޖްރަ އުމުރާ ގްރޫޕުގެ މައްޗަށް ހިޔާނާތުގެ ތަހުގީގު ހިންގަނީ

January 12, 2025
16 ފަހަރު ބަލާފައި
ހިޖްރަ އުމުރާ ގްރޫޕުގެ މައްޗަށް ހިޔާނާތުގެ ތަހުގީގު ހިންގަނީ
ހިޖްރަ އުމުރާ ގްރޫޕުގެ މައްޗަށް ހިޔާނާތުގެ ތަހުގީގު ހިންގަނީ
އަލް ހިޖުރަ ޓްރެވެލް އެންޑް ޓުއާސް ލިމިޓެޑުގެ ހަވާލުގައި އުމުރާއަށް ދާންވެގެން މީހުން ދެއްކި ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އެ ގްރޫޕުގެ ހަވާލުގައި އުމުރާއަށް ގެންގޮސް ހާލުގައި ޖެއްސި 23 އުމްރާވެރިން ސަރުކާރުގެ ހަރަދުގައި އިއްޔެ އަނބުރާ ރާއްޖެ ވަނީ ގެނެސްފަ އެވެ. ހިޖުރަ ކުންފުނީގެ އުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވީނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ އިއުތިރާފްވެފަ އެވެ. އެހެންވެ ހުކުރު ދުވަހުން ފެށިގެން އެ މީހުންގެ ކަންކަން ބަލަމުން އައީ މިނިސްޓްރީއާ ހައްޖު ކޯޕަރޭޝަނުންނެވެ. ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާ ހިލާފުވެފައިވާތީ އެ އުސޫލުގެ ދަށުން އެ ކުންފުންޏާ މެދު އިސްލާމިކް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.
  1. އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން، ހިޖުރަ އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
2. އެއްލައްކަ (-/100،000) ދިވެހި ރުފިޔާއިން ހިޖުރަ ޖޫރިމަނާކުރުން 3. އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން 4. އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެކުންފިން ހޯދުން ފުލުހުން ބުނިގޮތުގައި ހިޖުރަ އުމުރާ ގްރޫޕުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ޕޮލިހަށް ހުށަހަޅާފައިވާތީ، އެ ގްރޫޕުގެ މައްޗަށް ހިޔާނާތުގެ ތަހުގީގެއް އަންނަނީ ހިންގަމުންނެވެ. އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ