މާލެ: 31°C

ހަސަންކޮވެސް އެމްޑީޕީއަށް

January 12, 2025
19 ފަހަރު ބަލާފައި
ހަސަންކޮވެސް އެމްޑީޕީއަށް
ހަސަންކޮވެސް އެމްޑީޕީއަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހަސަން ލަތީފް (ހަސަންކޮ) އެނބުރި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ. އެމްޑީޕީގެ ރަސްމީ އެކައުންޓުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރެއްވި ހަސަން ލަތީފް ޕާޓީއާ ގުޅިވަޑައިގެންނެވިކަން ޔަގީންކޮށްދީފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ ހަސަން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، ޑިމޮކްރެޓްސްގެ ނައިބް ރައީސްގެ މަގާމުން އިސްތިޢުފާ ދެއްވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ އެމްޑީޕީއާ ގުޅިވަޑައިގެންފައިވާކަން އެމްޑީޕީން ވަނީ ރަސްމީކޮށް ހާމަކޮށްފަ އެވެ. އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް) ގެ ކުރީގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) ވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ. ޑިމޮކްރެޓްސްގެ ޕާޓީގެ ރައީސްއާ ނައިބް ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އިތުރުން ނައިބް ރައީސް އާޝިޔަތު އަލައިކާ އަދުނާންއާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ