ޕާކިސްތާނަށް ފަހު ޝަހީމް ސައުދީގައި

ޕާކިސްތާނަށް ފަހު ޝަހީމް ސައުދީގައި
ލިޔުން:
މުސްލިމް ވޯލްޑް ލީގު (ރާބިތަތުލް އާލަމިލްއިސްލާމީ) ގެ ކޮންފަރެންސަށް ޕާކިސްތާނަށް ވަޑައިގެންނެވި ދަތުރު ނިންމަވާލެއްވުމަށް ފަހު އެ ގައުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް މިއަދު ވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމް ސައުދީއަށް ވަޑައިގެންނެވީ އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ރަބީއާގެ ދައުވަތަކަށް ކަމަށެވެ.
ދެ ދުވަހުގެ އެ ދަތުރަށްފަހު ޝަހީމް ޝައުދީއަށް ވަޑައިގެންނެވީ މިއަދުއެވެ.
އެ ދަތުރުގައި ރާއްޖެއާއި ސައުދީއާ ދެމެދު ކޮންމެ އަހަރަކުވެސް ގާއިމު ކުރާ ހައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން މިނިސްޓަރު ޑރ ތައުފީގުއާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ 1446 ވަނަ އަހަރު ހައްޖު މިނިސްޓްރީއިން ބާއްވާ ހައްޖު މައުރަޒުގައިވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
