
ހުޅުމާލެ ފޭސް ދޭއްގެ ކަރަންޓު ސަބްސްޓޭޝަން މާލެ ގްރިޑާ ގުޅާލައިފި
ހުޅުމާލެ ފޭސް ދޭއްގެ ކަރަންޓު ސަބްސްޓޭޝަން މާލެ ގްރިޑާ ގުޅާލައިފި
ލިޔުން:
ހުޅުމާލެ ފޭސް ދޭއްގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ގާއިމުކޮށްފައިވާ 132 ކިލޯ ވޯލްޓޭޖް ސަބްސްޓޭޝަނާއި ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލައިފި އެވެ.
ސްޓެލްކޯއިން އިއްޔެ ބުނީ އެ މަސައްކަތް ކުރުމަށް މިއަދު ހެނދުނު 6:00 އާއި 8:00 އާ ދެމެދު އެއްގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުންނާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހައިވޯލްޓޭޖް ސަބްސްޓޭޝަނާއި އިންޓަކަނެކްޝަން ގްރިޑް ގުޅާލުމަށް ކުރިއަށް ގެންދިޔަ މަސައްކަތަށް މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ކަމަށެވެ.
ނަމަވެސް މޫސުން ތަންދިނުމާ އެކު މަސައްކަތް އެއްކޮށް ނިންމާލެވިފައި ވަނީ މާލޭގެ ދެ ސަރަހައްދަކުން އެއްގަޑިއިރަށް ވުރެ މަދު ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކަމުގައި އެ ކުންފުނިން ފާހަގަކުރި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
