ޑިމޮކްރެޓްސް ރޫޅެނީ؛ ލަތީފު ޑިމޮކްރެޓްސްއިން އިސްތިއުފާ ދެއްވައިފި

ޑިމޮކްރެޓްސް ރޫޅެނީ؛ ލަތީފު ޑިމޮކްރެޓްސްއިން އިސްތިއުފާ ދެއްވައިފި
ލިޔުން:
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހަސަން ލަތީފް (ހަސަންކޮ) ރޭ އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވިއިރު، ޑިމޮކްރެޓްސްގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވަނީ އެ ޕާޓީގެ ނައިބްރައީސް ކަމުން އިސްތިއުފާދެއްވައި އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެމްޑީޕީއާ ގުޅޭނެތޯ ބައެއް މީޑިއާތަކުން ސުވާލުކުރުމުން ހަސަން އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް މި ވަގުތު ހުންނެވީ އެއްވެސް ޕާޓިއެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް) ގެ ކުރީގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) ވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
