44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
ލިޔުން:
ރޭ، ދަންވަރުން ފެށިގެން ވެރިރަށް މާލެއަށް މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން ފެންވަދެ ގެއްލުވި ގެތަކުގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ 7 ގޭބިސީއެއްގެ 44 މީހަކަށް 1 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެއީ 130.7 މިލިލީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 79.5 މިލިމީޓަރުގެ ވާރޭ އެވެ.
ރޭ ވެހުނު ވާރޭގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތުގެ ތެރެއިން، މާލޭގެ މަގުތަކުން މިހާތަނަށް 19812 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވެ އެވެ.
އެގޮތުން މާލޭގެ 8 ސަރަހައްދެއްގައި 23 ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާއި، 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ 528 ވެލިބަސްތާ ޖަހައިދީފައިވާ ކަމަށް ސިފައިން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 2 ޖަހުމުގެ ނިޔަލަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
އޭގެ އިތުރުން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށް ށ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
