
އިރާނުގެ ވެރިކަން ކުރާ ރަށް، އައްސޭރިފަށުގައި އޮންނަ "މަކްރާން" އަށް ބަދަލުކުރަނީ
އިރާނުގެ ވެރިކަން ކުރާ ރަށް، އައްސޭރިފަށުގައި އޮންނަ "މަކްރާން" އަށް ބަދަލުކުރަނީ
ލިޔުން:
ތެހެރާނު ގެ ބަދަލުގައި އިރާނުގެ އައްސޭރިފަށުގައި އޮންނަ "މަކްރާން" އަށް ވެރިކަން ބަދަލުކުރަން އިރާނުން ނިންމައިފިއެވެ.
އިރާނުގެ ވެރިކަން ތެހެރާނުގައި ކުރާތާ 200 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އިރާނުގެ ވެރިރަށް އެހެން ރަށަކަށް ބަދަލުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި ތެހެރާނުގައި އިގްތިސާދީ އަދި ތިމާވެށީގެ ތަފާތު މައްސަލަތައް ކުރިމަތިވަމުން ދިއުމާއި، ތެހެރާނުގެ އާބާދީ އިތުރުވުމާއި، ކަރަންޓާއި ފެނުގެ ދަތިކަމުން ކުރިމަތިވެފައިވުމެވެ.
އީރާނުގެ ތަރުޖަމާނު ފަތޭމެހް މުހާޖެރާނީ ވިދާޅުވެފައިވަނީ ތެހެރާނުގެ ތިމާވެށީގެ ޕްރެޝަރުތައް އިތުރުވަމުންދާ ކަމަށާއި، ވެރިރަށް ބަދަލުކުރުމުގެ އެ ޕްލޭންގެ ފީސިބިލިޓީ ބެލުމަށާއި މަކްރާންގައި ކަނޑާ ގުޅުންހުރި އިގްތިސާދެއް ބިނާކުރުމަށް ދެ ކައުންސިލެއް އުފައްދަވާފައިވާ ކަމަށެވެ. އެގޮތުން އިންޖިނިއަރުންނާއި ސޯޝިއޮލޮޖިސްޓުންނާއި އިގްތިސާދީ މާހިރުން ހިމެނޭ ގޮތަށް އިލްމުވެރިންނާއި އެލީޓުންނާއި ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން ދާކަމަށާއި، އެހެންނަމަވެސް، އެފިޔަވަޅު އަދިވެސް އޮތީ އެކްސްޕްލޯރޭޓިވް މަރުހަލާގައި ކަމަށާއި، އަވަސް އަރުވާލައިގެން އެކަން ނުވާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
