
ދުނިޔޭގެ މަޝްހޫރު ބޮހިމިއަން ބްރޭންޑުގެ 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ލ.ގަމަށް
ދުނިޔޭގެ މަޝްހޫރު ބޮހިމިއަން ބްރޭންޑުގެ 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ލ.ގަމަށް
ލިޔުން:
ލ.ގަމުގައި 100 ކޮޓަރީގެ ސިޓީހޮޓަލެއް ތަރައްގީކޮށް ހިންގުމަށްޓަކައި، ގަމު ކައުންސިލާއި ޔޯމަން އޭޖެންސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ލ.ގަމު މަތިވަރު ސަރަހައްދުގައި ތަރައްގީ ކުރާ 100 ކޮޓަރީގެ ސިޓީހޮޓަލުގެ އެއްބަސްވުމުގައި ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަހުމަދު ޒަކީ އެވެ. އަދި ޔޯމަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޑެންބީ ސެއިންޓް ޖޯން ވިލިއަމްސް އެވެ.
މިނިވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޯނަމް ކުންފުނީގެ ފަރާތުން މިހާރުވެސް ލ.އަތޮޅުގައި ދަނީ ”މެވްރިކް ހޮޓެލް މޯލްޑިވްސް“ ގެ ނަމުގައި ޓޫރިސްޓް ހޮޓަލެއް ހިންގަމުންނެވެ. ލ.ގަމު ކައުންސިލާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ސިޓީ ހޮޓާ ހިންގުމަށް ހަމަޖެހިފައިވަނީ ”ދަ ބޮހެމިއަން ހޮޓެލް“ ނަމުގައެވެ. މިއީ ގިނަ އަދަދެއްގެ ”ވޯޓާ ވިލާ“ ތަކެއްވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ހޮޓެލަކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
