މާލެ: 31°C

ދެ ކައުންސިލެއްގެ ރައީސްކަން އޮޓޮމެޓިކުން ޕީއެންސީއަށް

January 9, 2025
2 ފަހަރު ބަލާފައި
ދެ ކައުންސިލެއްގެ ރައީސްކަން އޮޓޮމެޓިކުން ޕީއެންސީއަށް
ދެ ކައުންސިލެއްގެ ރައީސްކަން އޮޓޮމެޓިކުން ޕީއެންސީއަށް
ހދ. އަތޮޅު ކައުންސިލް ރައީސްގެ ބައި-އިލެކްޝަން އާއި ރ. ފައިނު ކައުންސިލް ރައީސްގެ ބައި-އިލެކްޝަން، އިންތިހާބަކާ ނުލައި ވެރިކަންކުރާ ޕީއެންސީއަށް ލިބިއްޖެ އެވެ.
ހދ. އަތޮޅު ކައުންސިލުގެ ރައީސަކަށް ހޮވުނީ އެ އަތޮޅު ހިރިމަރަދޫ ކައުންސިލުގެ މިހާރުގެ ރައީސް ހދ. ހިރިމަރަދޫ، މުހައްމަދު ވަހީދު (ވ)އެވެ. ފައިނު ކައުންސިލުގެ ރައީސް ކަމަށް ހޮވުނީ މީނާޒް / ރ. ފައިނު، އަހުމަދު ރިޝްފާނު އެވެ.
އެ ދެ މީހުންވެސް އިންތިހާބަކާ ނުލައި ހޮވުނުކަން އިލެކްޝަން ކޮމިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. ފައިނު ކައުންސިލުގެ ރައީސްގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި އެމްޑީޕީއަށް ނިސްބަތްވާ މޫސާ އުމަރު މަނިކު އިސްތިއުފާ ދިނުމުންނެވެ. އޭނާ އިސްތިއުފާދިނީ އާއިލީ ސަބަބުތަކެއް ދިމާވެގެންކަން ވަނީ އެނގިފަ އެވެ. މި ފަހުން ބޭއްވި ގިނަ ބައި-އިލެކްޝަންތަކުގައި އިދިކޮޅު އެމްޑީޕީން ވާދައެއް ނުކުރެ އެވެ. އެހެންވެ އިންތިހާބަކާ ނުލައި ގިނަ ގޮނޑިތަކެއް ޕީއެންސީއަށް ވަނީ ލިބިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ