މާލެ: 31°C

މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކްލާސް ރޫމެއް އޭސީ ކޮށްފި

January 9, 2025
2 ފަހަރު ބަލާފައި
މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކްލާސް ރޫމެއް އޭސީ ކޮށްފި
މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކްލާސް ރޫމެއް އޭސީ ކޮށްފި
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސަރުކާރު ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލުގެ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކޮށް ނިންމާލައިފި އެވެ. މިއީ ސަރުކާރުގެ ސުކޫލުތަކުގެ ތެރެއިން، ހުރހާ ކްލާސްރޫމެއް އޭސީކުރި ދެވަނަ ސުކޫލް އެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ”ކޫލް ސްކޫލް“ ޕްރޮގްރާމުގެ ދަށުން ފަށާފައިވާ މަޝްރޫޢެއް ނަމަވެސް، މި މަސައްކަތްކުރީ މަޖީދިއްޔާ ސްކޫލުގެ ބެލެނިވެރިން އިސްނަގައިގެންނެވެ. އަދި މުޅި މަޝްރޫއަށް ހަރަދުކުރީވެސް ބެލެނިވެރިންނެވެ. މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސޯލިހު ވިދާޅުވި ގޮތުގައި މިއީ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ވަރަށް ކުރީއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އަދި މި ހުވަފެން ޙަޤީޤަތަކަށް ވުމުން ވަރަށް އުފާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކްލާސްރޫމްތަކަށް މި ގެނެވުނު ބަދަލާ އެކު ކުދިންގެ ކިޔެވުމުގެ މާޙައުލަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޖަވިޔަނި ނޫހަށް މަޢުލޫމާތު ދެއްވި އެ ސްކޫލުގެ ބެލެނިވެރިއެއް ބުނި ގޮތުގައި މިއީ ބެލެނިވެރިންގެ އެތައް ދުވަހެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެކެވެ. ފަންޑްރައިޒިންގ އިވެންޓުތަކާއި އިންޓަވަލް ވިއްކުން ފަދަ ޙަރަކާތްތައް ހިންގައި، ގިނަ ބެލެނިވެރިން ރޭގަނޑު ދަންވަރުގައިވެސް ކަރަންޓާއި ވައިރިންގ މަސައްކަތުގައި އުޅެފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ