
ޗައިނާ އާއި ފްރާންސް އިންވެސް އެމްޕޮކްސް ގެ އާ ވޭރިއަންޓް ފެނިއްޖެ
ޗައިނާ އާއި ފްރާންސް އިންވެސް އެމްޕޮކްސް ގެ އާ ވޭރިއަންޓް ފެނިއްޖެ
ލިޔުން:
އެމްޕްކްސް ގެ އާ މިއުޓޭޓެޑް އެމްޕޮކްސް ސްޓްރެއިން ކްލޭޑް 1ބީ ޗައިނާ އާއި ފްރާންސް އިން ފެނިއްޖެ ކަމަށް އެ ގައުމު ތަކުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.
ޗައިނާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ދިރިއުޅޭ މީހެއްގެ ހަށިގަނޑުން ފެނުނު އިންފެކްޝަނާއެކު ސަބްކްލޭޑްގެ ކްލަސްޓާ އައުޓްބްރޭކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އެމީހާއާ ކްލޯސް ކޮންޓެކްޓްވެގެން ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު ހަތަރު މީހަކު ވަނީ ފެނިފައެވެ. ޗައިނާއިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ބުނެފައި ވަނީ އެމްޕޮކްސް އަށް އެ ގައުމަށް އެތެރެވާ މީހުންނާއި މުދާ މޮނިޓާ ކުރާނެ ކަމަށެވެ.
ފްރާންސް އިން ބަލިޖެހިފައިވާ މީހާއާހަވާލާދީ އޭއެފްޕީން ބުނެފައިވަނީ އެ މީހާ އަކީ ސެންޓްރަލް އެފްރިކާއަށް ދަތުރުކޮށްފައި ނުވާ މީހެއް ކަމަށާއި ނަމަވެސް އެ ސަރަހައްދުން އެނބުރި އައި ދެ މީހަކާ ކޮންޓެކްޓްވެފައިވާ ކަމަށެވެ. އޭއެފްޕީން ބުނި ގޮތުގައި ބަލި ފެތުރެން މެދުވެރިވި ސަބަބު ސިއްހީ އިދާރާތަކުން ބަލަމުން އަންނަ އިރު، ކޮންޓެކްޓްވީ އެންމެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޖަރުމަނުވިލާތުން ވެސް ފުރަތަމަ ކޭސް ވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
