މާލެ: 31°C

އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމް ހުށަނޭޅޭ ގޮތް ހަދަނީ

January 9, 2025
2 ފަހަރު ބަލާފައި
އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމް ހުށަނޭޅޭ ގޮތް ހަދަނީ
އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމް ހުށަނޭޅޭ ގޮތް ހަދަނީ
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ވަގު ފޯމު ފުރައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ދައުލަތުގެ އެކި އޮފީސްތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަނޭޅޭ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ. މި ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވަނީ ބައެއް ޕާޓީތަކުން ރަސްމީކޮށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. ވަގު ފޯމުގެ ޒަރީއާއިން ޕާޓީތަކަށް މެންބަރުން އިތުރުކުރުމަކީ ރާއްޖޭގައި ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި، ފެބްރުއަރީ ހިސާބުގައި މި ބަދަލު ގެނައުމުގެ މަސައްކަތް ނިންމުމަށް އަމާޒު ކުރެވިފައިވެއެވެ. ނަމަވެސް ބައެއް ގަވާއިދުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭތީ ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށް ވެސް  އީސީ އިން ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީގެ ގަވާއިދު އަދި ބައެއް ސޮފްޓްވެއަރތަކަށް ވެސް އަލުން ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ