މާލެ: 31°C

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ބޭރުގެ އެހީ ހޯދަނީ

January 9, 2025
2 ފަހަރު ބަލާފައި
ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ބޭރުގެ އެހީ ހޯދަނީ
ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ބޭރުގެ އެހީ ހޯދަނީ
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ދައުލަތުގެ ބަޖެޓުގެ އިތުރުން ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ. ރައީސް އެކަން ހާމަކުރެއްވީ ހުވަދޫ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަސްވެރިކަމަށް މަޝްހޫރު ގއ ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ މަސައްކަތް ހުސްވި ޑިސެމްބަރު މަހުގެ 10 (މަސްވެރިންގެ ދުވަސް) ގައި ފަށާފައިވާ ކަމަށެވެ. އެއަަށް ފަހު އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމުގައިވަނީނަމަ ޖީޑީޕީގެ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބި، ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމަށެވެ. އެހެންވެ އެ ސިނާއަތް ކުރިއަރުވަން އިތުރު މަސައްކަތްތަކެއް ސަރުކާރުން ރާވާފައިވާ ކަމަށް ވިިދާޅުވި އެވެ.
ބޭރުގެ އެހީތެރިކަން ހޯދައިގެންނާއި އަޅުގަނޑުމެންގެ ސަރުކާރުގެ ބަޖެޓްގެ ތެރެއިން މަސްވެރި ސިނާއަތް ފުޅާކޮށް, މަސްވެރިންނަށް އެ އިންޑަސްޓްރީގައި ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަށް, އަދި އިތުރު ފަރާތްތައްވެސް މި އިންޑަސްޓްރީއަށް ވަނުމަށް ހިތްވަރު ލިބޭނެ ގޮތަށް އަޅުގަނޑުމެން ބޭނުންވަނީ މި އިންޑަސްޓްރީ ކުރިއަރުވަން"
މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިންގެ އަތް މަތީގައި އޮތް ސިނާއަތެއް ކަމަށާއި ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ނުރައްކާތެރި ކަންކަމާ ސީދާ އެހާ ބޮޑަށް ގުޅިފައި ނެތް މުހިއްމު ލޭ ނާރު ކަަމަށްވެސް ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ދެއްވަދޫގެ އައިސްޕްލާންޓް ހުއްޓިފައި އޮންނަތާ 3 އަހަރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ އައިސްޕްލާންޓް މަރާމާތުކުރުމުގެ އިތުރުން އާ އައިސްޕްލާންޓެއް އެ ރަށަށް ގެންގޮސް އޮޕަރޭޓްކުރުމަށް ޕިޝަރީޒް މިނިސްޓްރީން މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ރައީސް ވަނީ ދެއްވަދޫގެ ރަށްގިރުމާއި، ބަނދަރުގެ މައްސަލަ އަދި ކުނިކޮށީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. މި އަހަރުގެ ބަޖެޓްގެ ތެރެއިން އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ އީޝާރާތެއް ރައީސް ދެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ