ޖެނުއަރީ 3 ވަނަދުވަހު ވެހުނު ވާރޭގެ ސަބަބުން މާލޭގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުމުގެ އަދަދު 2.2 މިލިއަނުން މައްޗަށް އަރާ: އެންޑީއެމްއޭ

ޖެނުއަރީ 3 ވަނަދުވަހު ވެހުނު ވާރޭގެ ސަބަބުން މާލޭގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުމުގެ އަދަދު 2.2 މިލިއަނުން މައްޗަށް އަރާ: އެންޑީއެމްއޭ
ލިޔުން:
ޖެނުއަރީ 3 ވަނަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުމުގެ އަގު 2.2 މިިލިއަން ރުފިޔާ އަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީން ނެރެފައިވާ، "3 ޖެނުއަރީ 2025 ގައި ރާއްޖެއަށް ކުރި ވިއްސާރާއާއި ގުޅޭ އަދާހަމަ" ގައި ބުނެފައިވަނީ އެދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުމުގެ އަގު 2.2 މިިލިއަން ރުފިޔާ އަށް އަރާ ކަމަށާއި، އެ އަދަދކީ ފިޔާފާރިކުރާ ތަންތަނާއި އެހެނިހެން ތަންތަނަށް ލިބުނު ގެއްލުން ނުހިމަނާ މީހުން ދިރިއުޅޭ ގެތަކަށް ލިބިފައިވާ ގެއްލުން އެކަނި ކަމަށެވެ. އަދި 3 ޖެނުއަރީ ގެ 00:00 އިން 4 ޖެނުއަރީގެ 00:00 އަށް 161.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށާއި އެއީ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް އެއްމެ ގިނައިން ވާރޭ ވެހުމުގެ ރެކޯޑެއް ކަމަށެވެ. އަދި އޭގެ ތެރެއިން 109.8 މިލިމީޓަރުގެ ވާރޭ ވެހިފައިވަނީ އެ ދުވަހުގެ 15:00 އިން 18:00 އަށް ކަމަށާއި އެއީ 3 ގަޑިއިރުގެ ތެރޭގައި އެއްމެ ބޯކޮށް ވާރޭ ވެހުމުގެ ރެކޯޑެއް ކަމަށެވެ.
އޭގެ އިތުރުން އެ އޮތޯރިޓީން ބުނެފައިވަނީ ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން 20 ހާސް ބަސްތާ، ވެލި ގޯނި ޖެހުމަށް ދީފައިވާ ކަމަށާއި، އެދުވަހު އެ އޮޓޮރިޓީއަށް 740 ފަރާތަކުން އެހީތެރިކަމަށް އެދި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ޒަރޫރީ ކަންކަން ކކުރުމަށް ހުރަސްއެޅިފައިވާ 53 ގޭގެ ރެޕޑް އެސިސްމަންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގެއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން 2 ދުވަހުގެ މުއްދަތައް ފޯރުކޮށްދީފައިވާނެ ކަމަށެވެ.
އަދި ފެންބޮޑުވުމާ ގުޅިގެން 145 ގެއެއްގެ ޑެމޭޖު އެސެސްމަންޓް ހަދަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާކަމަށާއި އޭގެ ތެރެއިން 115 ގޭގެ ޑެމޭޖް އެސެސްމަންޓް މިހާރު ހަދާނިމިފައިވާ ކަމަށާއި އިތުރު ސަބަބު ތަކަކާހެދި 13 ތަނެއް އެސެސްމަންޓް ހެދިފައިނުވާ ކަމަށާއި އަދި އެކްސެސް ވނުވެވިގެން 17 ތަނެއްގެ އެސެސްމަންޓް ހެދިފައިނުވާކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
