މާލެ: 31°C

ވައިގެ ދަތުރުފަތުރާގުޅޭ ހާދިސާތައް ތަހުޤީޤުކުރަން ރާއްޖޭގައި ވަކި އިދާރާއެއް އުފައްދަނީ

January 9, 2025
57 ފަހަރު ބަލާފައި
ވައިގެ ދަތުރުފަތުރާގުޅޭ ހާދިސާތައް ތަހުޤީޤުކުރަން ރާއްޖޭގައި ވަކި އިދާރާއެއް އުފައްދަނީ
ވައިގެ ދަތުރުފަތުރާގުޅޭ ހާދިސާތައް ތަހުޤީޤުކުރަން ރާއްޖޭގައި ވަކި އިދާރާއެއް އުފައްދަނީ

ވައިގެ ދަތުރުފަތުރާގުޅޭ ހާދިސާތައް ތަހުޤީޤުކުރަން ވަކި އިދާރާއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވީ ކުރިއަށް އޮތް ޖޫން މަހު، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ރާއްޖޭގެ ސޭފްޓީ އޮޑިޓެއް ކުރަން ނިންމާފައިވާކަމަށާއި، ސަރުކާރުގެ އަމާޒަކީ މީގެ ކުރީ އޮޑިޓްތަކަށްވުރެ މި އޮޑިޓުގެ ނަތީޖާ ރަނގަޅުކުރުންކަމަށާއި މިކަމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން އައިކާއޯގެ މިންގަނޑަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮނިގަނޑު މިހާރުވެސް ބަދަލުކޮށްފައިވާކަމަށެވެ. އިތުރަށް މިނިސްޓަރ އަމީން ވިދާޅުވީ އައިކާއޯގެ މިންގަނޑަށް، ވައިގެ ހާދިސާތައް ތަހުޤީޤުކުރާ އިދާރާއެއް އުފެއްދުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެންމެ މުހިންމުކޮށް ކުރަންޖެހޭ ކަމަކީ، އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް، އެއީ މިހާރު ސިވިލް އޭވިއޭޝަނުން ބޭރުކޮށްފައި އިތުރު ބޮޑީއެއް އުފެއްދުން. އެއީ އެހެން ޤައުމުތަކުގައިވެސް އެކަން އޮންނަ ގޮތް. އައިކާއޯ މެންޑޭޓް ކުރޭ. އިރާދަކުރެއްވިއްޔާ މި ޖެނުއަރީ ނިމޭ ހިސާބަށް، ކެބިނެޓަށް ހުށަހަޅައިގެން އެކަން ކުރެވޭތޯ މިބަލަނީ. މިކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން

އަދި ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށްވެސް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ