މާލެ: 31°C

ގަވައިދާ ޚިލާފަށް ބަހައްޓާފައިވާ ޕެލެޓާއި ދަގަނޑު ރޭމްޕްތައް ނަގަން ފަށައިފި

January 8, 2025
2 ފަހަރު ބަލާފައި
ގަވައިދާ ޚިލާފަށް ބަހައްޓާފައިވާ ޕެލެޓާއި ދަގަނޑު ރޭމްޕްތައް ނަގަން ފަށައިފި
ގަވައިދާ ޚިލާފަށް ބަހައްޓާފައިވާ ޕެލެޓާއި ދަގަނޑު ރޭމްޕްތައް ނަގަން ފަށައިފި
މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ބަހަށްޓާފައިވާ ޕެލެޓާއި ދަގަނޑު ރޭމްޕްތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ. މިކަން ހާމަ ކޮށްފައި ވަނީ، މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ، މާލޭގެ މަގުމަތީ ގަވާއިދާއި ހިލާފަށް ޕެލެޓާއި ދަގަނޑު ރޭމްޕް ބަހައްޓާފައި ހުރުމުގެ ސަބަބުން މަގުގައި ހިނގާ ފަރާތްތަކަށް އުނދަގޫވެ، ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މަގުމަތީގައި ބަހައްޓާފައި ހުރި އެފަދަ ތަކެތި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ގަވައިދާ ހިލާފަށް މަގުތަކުގައި ބަހަށްޓާފައިވާ އެފަދަތަކެތި ނަގާފަ އެވެ. މާލޭގައި ގިނަ އަދަދެއްގެ ޕެލެޓްފަދަ ތަކެތި މަގުތަކުގައި ބަހައްޓާފައި ހުންނާތީ ހިނގާ މީހުންނަށާއި، ދުއްވާ އެއްޗެހީގެ އިތުރުން ޕާކު ކުރާ ވެހިކަލްތައްކަށްވެސް އެފަދަ ތަކެތީގެ ސަބަބުން އަންނަނީ އުނދަގޫ ތަކެއް ކުރިމަތިވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ