މާލެ: 31°C

ރީޖަނަލް އެއާޕޯޓްސް އެމްއޭސީއެލްއާ މިމަހު އެއްކޮށްލަނީ

January 8, 2025
2 ފަހަރު ބަލާފައި
ރީޖަނަލް އެއާޕޯޓްސް އެމްއޭސީއެލްއާ މިމަހު އެއްކޮށްލަނީ
ރީޖަނަލް އެއާޕޯޓްސް އެމްއޭސީއެލްއާ މިމަހު އެއްކޮށްލަނީ

އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) އެއްކޮށްލުމުގެ މަސައްކަތް މި މަސް ތެރޭ ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝަރީފު ވިދާޅުވީ، މިވަގުތު ކުރިއަށް ގެންދަނީ އާރްއޭސީއެލްގެ ވެލިއުއޭޝަން މަސައްކަތްތައް ކަމަށާއި، އެކަންކަން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރީޖަނަލް އެއާޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ގެނައުމުން، މިވަގުތު އެ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ހުޅުލޭގެ އެމްއޭސީއެލްގެ އޮފީސް އިމާރާތައް ބަދަލުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލާއިރު އެ ދެ ކުންފުނި ހިންގާނެ މޮޑެލް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ. އެހެންވެ، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރަށް ވާނެ ގޮތެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

ކޮންމެ މޮޑެލްއަކަށް ހިންގި ނަމަވެސް، ކުންފުނީގެ ހަރަދުތައް ކުޑަކޮށް އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލި ނަމަވެސް، އެ ކުންފުނީގައި މިވަގުތު މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއް ވަކި ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، ރީޖަނަލް އެއާޕޯޓުތައް ހިންގުމުގައި ވީހާވެސް ބޮޑަށް އެމްއޭސީއެލްގެ ރިސޯސްތައް ބޭނުންކޮށް، މިހާރަށް ވުރެ ބޮޑަށް ހިދުމަތްތައް ރަނގަޅު ކުރަން އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ