ގައްސާނު އިންޑިއާގައި

ގައްސާނު އިންޑިއާގައި
ލިޔުން:
ރަސްމީ ދަތުރެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އިންޑިއާއަށް މީގެ އިރުކޮޅެއް ކުރިން ވަޑައިގަންނަވައިފި އެވެ.
އިންޑިއާގެ ވެރިރަށް ދިއްލީއިން ގައްސާނު އަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖްނާތް ސިންގްހު އެވެ. ގައްސާނަށް އިންޑިއާއިން ހޫނު މަރުހާބައެއް ވަނީ ދަންނަވާފަ އެވެ.
އިންޑިއާ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގައްސާނު، 3 ދުވަހަކަށް ކުރައްވާ ރަސްމީ ދަތުރުގައި އިންޑިއާގެ ޑިފެންސް މިނިސްޓްރު ރަޖްނާތުއާ މިއަދު ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުމުގައި ތަމްރީނާއި ޖޮއިންޓް އެކްސަސައިޒްތަކާއި، ދިފާއީ މަޝްރޫއުތައް އަދި ވޯކްޝޮޕްތަކުގެ އިތުރުން ރާއްޖޭގެ ގައުމީ ދިފާއީ ބާރު ހަރުދަނާ ކުރުމަށް ބޭނުންވާ ދިފާއީ އާލާތްތައް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާއިން ބުންޏެވެ.
އިންޑިއާ ސަރުކާރުން ނެރުނު ބަޔާނުގަިއ ބުނީ އިންޑިއާ ކަނޑުގެ ސަރަޙައްދު (އައިއޯއާރު)ގައި ހަމަޖެހުމާއި ތަނަވަސްކަން ކުރިއެރުވުމަށް އިސްކަންދޭ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަށް ހާއްސަ ޖާގައެއްދޭ ކަމަށެވެ. މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެ ގައުމުންވެސް މުހިންމު ދައުރެއް އަދާކުރާއިރު، އިންޑިއާގެ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" (ސަގަރް) ގެ ތަސައްވުރަށް ރާއްޖޭގެ އެއްބާރުލުން ލިބޭ ކަމަށްވެސް ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
