
މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލަ، ބަލްކުކޮށް ގެންނަން ނިންމާފައިވާކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ
މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލަ، ބަލްކުކޮށް ގެންނަން ނިންމާފައިވާކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ
ލިޔުން:
ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމާފައިވާކަމަށް ރައީސް ޑރ.މުއިއްޒު ވިދަޅުވެއްޖެއެވެ.
ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަތަފަންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފޫލުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާކަމަށެވެ.
އެގޮތުން މެޓީރިއަލް އަދި ފައިސާގެ ތާށިކަމާހެދި މަޑުޖެހިފައިހުރި މަޝްރޫޢުތައް އަލުން ފެށްޓެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަފުޅުގައި ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކުގައި ހުއްޓިފައިހުރި މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ހޯއްދެވުމަށް، މިދިޔަ ހަފުތާ ތެރޭގައި އެކަމާ ގުޅިގެން ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާއި ބައްދަލުކުރައްވައި، އެކަން ހަމަޖެއްސުމަށް ގޮތްތަކެއް ރޭވިފައިވާ ކަމަށާއި، އެގޮތުން ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ނިންމާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ރާވާފައިވާ ގޮތާއި އެކަމަށް ބޭނުންވާ ފައިސާ ވެސް މިދިޔަ ހަފުތާގެ ތެރޭގައި ހަމަޖައްސައިދީފައިވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
