ގައުމީ ކޮމްޕިއުޓަރ ވިއުގަ ފުޅާކުރުމަށް ބޭނުންވާ ދިރާސާ ކުރުމަށް ސްރީލަންކާގެ ކުންފުޏަކާ ޚަވާލުކޮށްފި

ގައުމީ ކޮމްޕިއުޓަރ ވިއުގަ ފުޅާކުރުމަށް ބޭނުންވާ ދިރާސާ ކުރުމަށް ސްރީލަންކާގެ ކުންފުޏަކާ ޚަވާލުކޮށްފި
ލިޔުން:
ސޮފްޓްވެއާ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީ އަށް ބިނާކޮށް ޤައުމީ ކޮމްޕިއުޓަ ވިއުގަ (ނޭޝަނަލް ކޮމްޕިއުޓަ ނެޓްވޯކް (އެންސީ.އެން) ގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބޭނުންވާ ދިރާސާ ހެދުމަށް، ހަވާލިކުރީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ އެވެ.
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމަކީ ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، އަދި ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށްޓަކައި އެސްޑީވޭން ޓެކްނޯލޮޖީ އަކީ ޓެކްނިކަލް ގޮތުންނާއި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް ދިރާސާ ކުރުމަށްޓަކައިވެފައިވާ އެއްބަސްވުމެކެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެން.ސީ.އައި.ޓީ ގެ ރިކުއަޔަމަންޓާއި އެއްގޮތަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި އެންސީއައިޓީ އަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އެގޮތުން އެ މަސައްކަތް ނިންމަން ދެވިފައިވާ މުއްދަތަކީ 4 މަސް ދުވަހެވެ.
އެންސީއެން އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށުކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއި ހިއްސާކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ޤާއިމްކޮށްފައިވާ ކޮމްޕިއުޓަރ ވިއުގައެކެވެ. އެންމެ ފުރަތަމަ މި ވިއުގަ ޤާއިމްކޮށްފައިވަނީ 2000 އަހަރުތަކުގެ ތެރޭގައި ސެޓަލައިޓް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
