މާލެ: 31°C

ހިޔާނާތުގެ ތުހުމަތުވާ އެއްވެސް އޮފިސަރެއް ރިޓަޔާ ނުކުރާ ކަމަށް ކަސްޓަމްސްއިން ބުނެފި

January 7, 2025
2 ފަހަރު ބަލާފައި
ހިޔާނާތުގެ ތުހުމަތުވާ އެއްވެސް އޮފިސަރެއް ރިޓަޔާ ނުކުރާ ކަމަށް ކަސްޓަމްސްއިން ބުނެފި
ހިޔާނާތުގެ ތުހުމަތުވާ އެއްވެސް އޮފިސަރެއް ރިޓަޔާ ނުކުރާ ކަމަށް ކަސްޓަމްސްއިން ބުނެފި

ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުން 400 މިލިއަން ރުފިޔާ ދައުރުކުރި ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލާގައި ހިމެނޭ މީހުން ރިޓަޔާ ކޮށްފައި ނުވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

އިމްޕޯޓު ޑިއުޓީއަށް ދައުލަތަށް ފައިސާ ނެގުމުގެ ތެރޭގައި ރިޝްވަތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅުން ހުރެގެން ކަސްޓަމްސްގެ ތިން އޮފިސަރެއްގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ނަމަވެސް އެ މައްސަލަ ފެންމަތިވުމުން ކަސްޓަމްސް އިން އެ މީހުން ރިޓަޔާ ކުރަން ފުރުސަތު ދިން ކަމަށް ތުހުމަތުކޮށް ސޯޝަލް މިޑިއާގައި އެ މީހުންގެ ފޮޓޯއާއެކު އަންނަނީ ދައުރުކުރަނުންނެވެ.

އެ މައްސަލާގައި ކަސްޓަމްސް އިން މިއަދު ބުނީ ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން މަނީ ލޯންޑްރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަކަން ފުލުހުން އެ ހިދުމަތަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން މައުލޫމާތު ދީފައިވާ އެއްވެސް އޮފިސަރެއް ކަސްޓަމްސް އިން ރިޓަޔާ ކޮށްފައިވާ ނުވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ