މާލެ: 31°C

ތިން އަހަރުވެސް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ހަމަ އެއްވަނަ، އެެއްވެސް މައްސަލައެއް ނެތް!

January 7, 2025
2 ފަހަރު ބަލާފައި
ތިން އަހަރުވެސް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ހަމަ އެއްވަނަ، އެެއްވެސް މައްސަލައެއް ނެތް!
ތިން އަހަރުވެސް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ހަމަ އެއްވަނަ، އެެއްވެސް މައްސަލައެއް ނެތް!
ވިދިވިދިގެން ތިންވަނަ އަހަރަކަށް، ފޮރިން މިނިސްޓްރީގެ އޮޑިޓުން އެއްވެސް މައްސަލައެއް ފާހަގަ ނުކުރުނުކަން ހާމަވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މިދިޔަ ހަފްތާގައި އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާއިރު، 2022 ވަނަ އަހަރު ފޮރިން މިނިސްޓްރީން މާލީ ހުރިހާ ކަމެއް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ފޮރިން މިނިސްޓްރީގެ މާލީ އަހަރުގެ ހުރިހާ ހަރަދެއްކޮށްފައިވަނީ ރަނގަޅަށް ކަމަށް 2021 ވަނަ އަހަރުގެ އަދި 2020 ވަނަ އަހަރުގެ އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެ އެވެ.

2022 ވަނަ އަހަރު ފޮރިން މިނިސްޓްރީން ކަމެއްވެސް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވަނީ މިދިޔަ ހަފްތާގައި އާއްމު ކުރި ފޮރިން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަ އެވެ.

މިކަމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ ޓީމް ހާރިޖީއަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ