މާލެ: 31°C

ކޫއްޑޫގެ ކެޕޭަސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

January 7, 2025
2 ފަހަރު ބަލާފައި
ކޫއްޑޫގެ ކެޕޭަސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ކޫއްޑޫގެ ކެޕޭަސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ކޫއްޑޫ ކެޕޭސިޓީ އިތުރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއެވެ. ކޫއްޑޫއަށް މަސް ގަނެވޭ މިންވަރު އިތުރުކުރުމަށްޓަކައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ތަރައްޤީކުރުމަށް ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫޢު ހަވާލުކޮށްފައިވަނީ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގދ. ނަޑެއްލާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްތީގަތުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މިހާރު މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އަޑު ގާތުން އައްސަވާ، އެ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. ވަޒީރު ޝިޔާމު ވިދާޅުވީ ހުވަދު އަތޮޅަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ދިރިއުޅެމުންދާ އަތޮޅެއްކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުންް މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް ކުރިއެރުވުމަށް އިސްކަންދެއްވާ ކަމަށާއި މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ކޫއްޑޫ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. "ބައެއް މަޝްރޫޢުތައް ބައެއް ހިސާބުތަކުގައި ފެށިފައި ހުރީ. ހުވަދު އަތޮޅު ވަކިން ހާއްސަކޮށް ކޫއްޑޫއަށް ކުރެވެން ހުރި މަސައްކަތްތައް؛ މިއަތޮޅުގެ ހުރިހާ ރަށަކުންވެސް ބަރޯސާވަނީ ކޫއްޑޫއަށް. ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް ހުރި މަސައްކަތް ބާރަށް އެބަދޭ. އެގޮތުން އިތުރަށް ކުރަން ހުރި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދި، އިރާދަ ކުރެއްވިއްޔާ ފެށުމުގެ މަރުހަލާގައި މިހާރު ހުރީ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ