މާލެ: 31°C

101 މަރުކަޒެއްގެ ސަނަދުތައް އެމްކިއުއޭ އިން ދެން ގަބޫލެއް ނުކުރާނެ

January 7, 2025
2 ފަހަރު ބަލާފައި
101 މަރުކަޒެއްގެ ސަނަދުތައް އެމްކިއުއޭ އިން ދެން ގަބޫލެއް ނުކުރާނެ
101 މަރުކަޒެއްގެ ސަނަދުތައް އެމްކިއުއޭ އިން ދެން ގަބޫލެއް ނުކުރާނެ
ރީ ރަޖިސްޓްރީ ނުކުރާތީ މަތީ ތައުލީމުދޭ 101 މަރުކަޒެއްގެ ސަނަދުތައް ގަބޫލުނުކުރަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފި އެވެ. އެމްކިއުއޭއިން ސަރުކާރުގެ ގެޒެޓްގައި މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ "މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު" ގެ ދަށުން ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ފަހުގައި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ރީ ރަޖިސްޓަރީ ކޮށްފައިނުވާ 101 މަރުކަޒެއްގެ ނަން ހިމެނޭ ލިސްޓެއް އެ މިނިސްޓްރީން ހިއްސާކޮށްފައިވާ ކަމަށް އެމްކިއުއޭއިން ބުންޏެވެ. އެމްކިއުއޭއިން ބުނީ އެ މިނިސްޓްރީގެ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިނުވާ މަރުކަޒުތަކުގެ ލިސްޓްގައި ހިމެނޭ 101 މަރުކަޒަކުން ކުރިން ހުއްދަދީގެން ހިންގަމުން އައި ޕްރޮގްރާމްތައް ހިންގާ ޕްރޮގްރާމްތައް މިއަދުން ފެށިގެން ގަބޫލުނުކުރާނެ ކަމަށެވެ. އެ އޮތޯރިޓީގެ ވެބްސައިޓްގައި "ޕްރޮގްރާމް އެކްރެޑިޓޭޝަން" ބައިގައިވާ ލިސްޓުގައި މަރުކަޒުތަކާއި ދިމާލުގައި އެކަން ފާހަގަކޮށް ވެބްސައިޓްގައި ޝާއިއު ކުރެވޭނެ ކަމަށް އެމްކިއުއޭއިން ބުންޏެވެ. ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކުން ކިޔަވާފައިވާ އަދި އެމްކިއުއޭ އަށް ބެޗް އޮޑިޓަށް ފޮނުވާފައިވާ ދަރިވަރުންގެ ސަނަދު އެ އޮތޯރިޓީން ގަބޫލުކުރާނެ ކަމަށްވެސް ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ