
އެއާޕޯޓް އެކްސިޑެންޓް: އެކްސިޑެންޓްވީ ޑްރައިވަރަށް ސިއްހީ ކުއްލި މައްސަލައެއް މެދުވެރިވެގެން
އެއާޕޯޓް އެކްސިޑެންޓް: އެކްސިޑެންޓްވީ ޑްރައިވަރަށް ސިއްހީ ކުއްލި މައްސަލައެއް މެދުވެރިވެގެން
ލިޔުން:
އެއާޕޯޓުގައި އެކްސިޑެންޓް ހިނގާފައިވަނީ ކާރު ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމަންޓްތަކުން ލަފާކުރެވޭ ކަމަށެވެ. މި ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ކާރަކާއި ޕިކަޕެއް ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު އެވެ.
ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި ކާރު ދުއްވި ފަރާތަށް އަނިޔާވެ، ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވިފައިވެ އެވެ. އަދި ކާރުގެ ފަހަތުގައި އިން މީހަކަށްވެސް އަނިޔާވެ، އޭނާއަށް އެއަރޕޯޓު ކްލިނިކުގައި ފަރުވާ ދެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެހެން އިތުރު މީހަކަށް އަނިޔާވެފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި އެކްސިޑެންޓް ހިނގަން ދިމާވި ސަބަބު ބަލަމުންދާއިރު، އަދި އެކަން ހާމަކޮށްފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
