މާލެ: 31°C

8 އޭޓީއާރު މަދިންދާބޯޓާއި 11 ސީޕްލޭން ގެނެސް، މޯލްޑިވިއަން އުފެދުނުފަހުން އެކުންފުނީގެ ކުރި އެރުމަށް އެންމެ ގިނަ އިންވެސްޓް ކުރީ މިދިޔަ ސަރުކާރުން: ޑރ.ޝަމްހީދު

January 7, 2025
2 ފަހަރު ބަލާފައި
8 އޭޓީއާރު މަދިންދާބޯޓާއި 11 ސީޕްލޭން ގެނެސް، މޯލްޑިވިއަން އުފެދުނުފަހުން އެކުންފުނީގެ ކުރި އެރުމަށް އެންމެ ގިނަ އިންވެސްޓް ކުރީ މިދިޔަ ސަރުކާރުން: ޑރ.ޝަމްހީދު
8 އޭޓީއާރު މަދިންދާބޯޓާއި 11 ސީޕްލޭން ގެނެސް، މޯލްޑިވިއަން އުފެދުނުފަހުން އެކުންފުނީގެ ކުރި އެރުމަށް އެންމެ ގިނަ އިންވެސްޓް ކުރީ މިދިޔަ ސަރުކާރުން: ޑރ.ޝަމްހީދު
ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރަކީ މޯލްޑިވިއަން އުފެދުނުފަހުން އެކުންފުނީގެ ކުރި އެރުމަށް އެންމެ ގިނަ އިންވެސްޓްމެންޓް ކުރެވުނު 5 އަހަރު ކަމަށް މިދިޔަ 5 އަހަރު އައިލެންޑް އޭވިޝަންގެ ޗެއާމަންކަން ކުރެއްވި ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. ނިމިދިޔަ ސަރުކާރުން މޯލްޑިވިއަން ދަރުވާލާފައިވާކަމަށް ވިދާޅުވެ ޓްރާންސްޕޯރޓް މިނިސްޓަރ އަމީން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ޑރ.ޝަމްހީދު ވިދާޅުވެފައިވަނީ ދަރަނީގެ ބޮޑުބަޔަކީ އިންވެސްޓްމަންޓް ލޯން ކަމަށާއި، ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރަކީ މޯލްޑިވިއަން އުފެދުނުފަހުން އެކުންފުނީގެ ކުރި އެރުމަށް އެންމެ ގިނަ އިންވެސްޓްމެންޓް ކުރެވުނު 5 އަހަރު ކަމަށާއި އެގޮތުން އޭޓީއާރު މަރުކާގެ 8 އެއާކްރާފްޓާއި އަމިއްލަ ސީޕްލޭން އެއް ނެތް އެއާލައިން އަށް 11 ސީޕްލޭން ހޯދައި އައްޑޫގައި ފުލައިން ސުކޫލް އެއް ގާއިމް ކޮށް އެތަނަށް ބޭނުންވާ މަތިންދާ ބޯޓް ތަކާއި އެހެނިހެން ހުރިހާ އިކުއިޕްމެންޓެއް ހޯދާފައިވާކަމަށެވެ. އަދި އޭގެ އިތުރުން މާފަރުގައި ފިއުލް ފާމެއް ގާއިމް ކޮށް ޓާމިނަލަށާއި އޭޕްރަން އަށް ބޮޑުއިންވެސްޓެއް ކޮށްފައިވާކަމަށާއި، މާފަރު އެއާޕޯޓު ފުރެންދެންް ޖެޓް ޖެއްސީ އެ އިންވެސްޓް މެންޓު ތަކުގެ ސަބަބުންކަމަށެވެ. އެހެންކަމުން ދަރަނީގެ ބޮޑު ބަޔަކީ މިއިންވެސްޓް މަންޓް ތަކުގެ ލޯނު ކަމަށެވެ. ކޮވިޑާއި ގުޅިގެން ކުންފުނީގެ ވިޔަފާރި އެއްކޮށް ހުއްޓުނު ކަމަށާއި އަދި ކުންފުނި އުފެދުނީންސުރެ ޑިޕްރިސިއޭޟަން އެކައުންޓް ކުރެވިފައިވަނީ ނުބައި ކޮށް ކަމަށް ފާހަގަ ކޮށް އޮޑިޓަރުންގެ ލަފާގެ މަތިން އެކަން ރަގަޅު ކުރުމަށް ބިލިއަނެއްހާ ރުފިޔާގެ އެކަންޓިން އެޖެސްޓް މެންޓެއް ގެނެވިފައިވާނެކަމަށެވެ.
- ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރަކީ މޯލްޑިވިއަން އުފެދުނުފަހުން އެކުންފުނީގެ ކުރި އެރުމަށް އެންމެ ގިނަ އިންވެސްޓްމެންޓް ކުރެވުނު 5 އަހަރު. - އޭޓީއާރު މަރުކާގެ 8 ބޯޓް - އަމިއްލަ ސީޕްލޭން އެއް ނެތް އެއާލައިން އަށް 11 ސީޕްލޭން ހޯދުން. - އައްޑޫގައި ފުލައިން ސުކޫލް އެއް ގާއިމް ކޮށް އެތަނަށް ބޭނުންވާ މަތިންދާ ބޯޓް ތަކާއި އެހެނިހެން ހުރިހާ އިކުއިޕްމެންޓެއް ހޯދުން. - މާފަރުގައި ފިއުލް ފާމެއް ގާއިމް ކޮށް ޓާމިނަލަށާއި އޭޕްރަން އަށް އިންވެސްޓް ކުރުން. މާފަރު އެއާޕޯޓު ފުރެންދެންް ޖެޓް ޖެއްސީ މި އިންވެސްޓް މެންޓު ތަކުގެ ސަބަބުން. - ދަރަނީގެ ބޮޑު ބަޔަކީ މިއިންވެސްޓް މަންޓް ތަކުގެ ލޯން. ގެއްލުން: - ކޮވިޑާއި ގުޅިގެން ވިޔަފާރި އެއްކޮށް ހުއްޓިުން، - ކުންފުނި އުފެދުނީންސުރެ ޑިޕްރިސިއޭޟަން އެކައުންޓް ކުރެވިފައިވަނީ ނުބައި ކޮށް ކަމަށް ފާހަގަ ކޮށް އޮޑިޓަރުންގެ ލަފާގެ މަތިން އެކަން ރަގަޅު ކުރުމަށް ބިލިއަނެއްހާ ރުފިޔާގެ އެކަުންޓިން އެޖެސްޓް މެންޓެއް ގެނެވިފައިވާނެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ