މާލެ: 31°C

ޕޯސްޓުން ގެނައި ޑްރަގް ފޮށިގަނޑާ ހަވާލުވި މީހާ 22 އަހަރަށް ޖަލަށް

January 6, 2025
2 ފަހަރު ބަލާފައި
ޕޯސްޓުން ގެނައި ޑްރަގް ފޮށިގަނޑާ ހަވާލުވި މީހާ 22 އަހަރަށް ޖަލަށް
ޕޯސްޓުން ގެނައި ޑްރަގް ފޮށިގަނޑާ ހަވާލުވި މީހާ 22 އަހަރަށް ޖަލަށް
ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި ހުރި ފޮށީގަނޑަކާ ހަވާލުވި މީހަކު 22 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސ ހިތަދޫ / ޖިބްރޯލްޓާ، ޝަރުވާން ސަލީމް އަށެވެ. ޝަރުވާން ޖަލަށްލާން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލީ، މާޗް 2، 2024 ގައި ފެޑެކްސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ފޮށިގަނޑެއްގައި ރައްކޮށްފައިވާ އެއްޗަކާ މެދު ޝައްކުވެގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ޝަރުވާން އެ ފޮށިގަނޑާ ހަވާލުވެފައިވާއިރު، އެ ފޮށިގަނޑުން 989.1 ގްރާމުގެ މެފެޑްރޯން ފެނިފައިވާ މައްސަލައިގަ އެވެ. ޝަރުވާންގެ މައްޗަށް އުފުލި ދައުވާތަކަށް އިންކާރުކޮށް ކޯޓުގައި އޭނާ ބުނީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އަމަލީ ގޮތުން އެއްވެސް ސިފައެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ. އަދި މަސްތުވާތަކެތި ހުރި ކަމަށް ބުނާ ފޮށިގަނޑާއި ޕެކޭޖާއި ނުވަތަ އެ މަސްތުވާތަކެތި ގެނައުމުގެ އެއްވެސް މޯޓިވްއެއް ނެތް ކަމަށް ޝަރުވާން ބުނެފައިވާ ކަމަށް ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމްގައި ބުންޏެވެ. ޝަރުވާންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 22 އަހަރާއި 2 މަހާއި 3 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. ޖޫރިމަނާގެ ފައިސާ އިއްޔެއިން ފެށިގެން 12 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ހުކުމްކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ