ރައީސް ވިދާޅުވީ ދެވަނަ ވައިޑް-ބޮޑީ އެއާ ކްރާފްޓް އޮކްޓޫބަރުގައި އުދުހެން ފަށާނެ ކަމަށް

ރައީސް ވިދާޅުވީ ދެވަނަ ވައިޑް-ބޮޑީ އެއާ ކްރާފްޓް އޮކްޓޫބަރުގައި އުދުހެން ފަށާނެ ކަމަށް
ލިޔުން:
މޯލްޑީވިއަންގެ ފްލީޓަށް ވައިޑް ބޮޑީ ދެވަނަ ބޯޓު އިތުރު ކުރެވި އޮކްޓޫބަރު މަހުގެ ތެރޭގައި އުދުހެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓަށް އެއާބަސް އޭ-330 މަރުކާގެ މަތިންދާ ބޯޓެއް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދެވަނަ ބޯޓު އުދުހެން ފަށާނެ ކަމަށެވެ.
މޯލްޑިވިއަންއަށް ވައިޑް ބޮޑީ 2 މަތިންދާ ބޯޓު ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅާއެއްގޮތަށް މިއަދު ރާއްޖެއަށް ގެނެސްފައިވަނީ މީގެ ތެރެއިން އެއް ބޯޓެވެ. މިއީ ޑިސެމްބަރު 17، 2023 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކާއެކު ފެށި މަސައްކަތެކެވެ. އެގޮތުން އެ ދުވަހުން ފެށިގެން އައިއޭއެސްއިން ވަނީ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.
މޯލްޑިވިއަންއަށް ވައިޑް ބޯޑީ މަތިންދާ ބޯޓެއް ހޯދުމަށް ކުރެވުނު މަސައްކަތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ބޯޓެއް ހޯދާފަ އެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ ތެރޭގައި އެއާކްރާފްޓް ލީސް އެގްރީމެންޓްގައި ސޮއި ކުރި އެވެ. އަދި މަތިންދާ ބޯޓުގެ ޓެކްނިކަލް މަސައްކަތްތައް ޔޫރަޕުގައި ފުރިހަމަކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓް ފްލައިޓް ފުރިހަމަކޮށްފަ އެވެ.
މޯލްޑިވިއަންއިން އަލަށް ތައާރަފް ކުރި އެއާބަސް އޭ-330 މަރުކާގެ މަތިންދާ ބޯޓުގެ ޕެއިންޓްގެ ކަންކަންކޮށްފައިވަނީ ސިންގަޕޫރުގަ އެވެ. އެއަށްފަހު ރާއްޖެއަށް މި މަތިންދާ ބޯޓު ރަޖިސްޓާކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
