
މޯލްޑިވިއަން އަށް ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ގެނެސްފި، 22 ގައި ދަތުރުތައް ފަށާނެ
މޯލްޑިވިއަން އަށް ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ގެނެސްފި، 22 ގައި ދަތުރުތައް ފަށާނެ
ލިޔުން:
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުވާ ވައިޑް ބޮޑީ އެއާކްރާފްޓް (އޭއާބަސް އޭ-330) މިއަދު ރާއްޖެ ގެނެސްފި އެވެ.
ވައިޑް ބޮޑީ އެއާކްރާފްޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސާފައި ވަނީ މިއަދު ހަވީރު 5:14 ގަ އެވެ. ބޯޓު ޖެއްސުމާ އެކު ވޯޓާ ސެލިއުޓެއް ވަނީ ދީފަ އެވެ.
ބޯޓު ގެނައުން ފާހަގަކުރަން ވީއައިއޭގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ އިތުރުން އައިލެންޑް އޭވިއޭޝަނުގެ ވެރިންނާއި މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މޯލްޑިވިއަންގެ 24 އަހަރުވީ ތާރީހުގައި ގެނައި އެންމެ ބޮޑު ބޯޓު ރާއްޖެ ގެނައުން ފާހަގަކުރަން މާލޭގެ އުސްފަސްގަނޑު ސަރަހައްދާއި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ހިމެނޭ ސަރަހައްދުގައި އެއާ ޝޯއެއް މިވަގުތު އެބަ ހިނގަ އެވެ.
މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބޯޓުގެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގަ އެވެ. އާ ބޯޓުން ޗައިނާގެ 3 ސިޓީއެއްގެ އިތުރުން ޔޫރަޕަށް ދަތުރުތައް ކުރަން ހަމަޖެހިފައިވާ ކަމަށް މީގެކުރިން މޯލްޑިވިއަނުން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
