ބޮންޑެޑް ވެއާހައުސްއިން ސިގިރެޓް ގެއްލުނު މައްސަލާގައި 40 މިލިއަނުގެ ޖޫރިމަނާއެއް

ބޮންޑެޑް ވެއާހައުސްއިން ސިގިރެޓް ގެއްލުނު މައްސަލާގައި 40 މިލިއަނުގެ ޖޫރިމަނާއެއް
ލިޔުން:
ރާއްޖެ އެތެރެކޮށް ރައްކާކޮށްފައިހުރި ގިނައަދަދެއްގެ ސިނގިރެޓް ބޮންޑެޑް ވެއާހައުސްއަކުން ގެއްލުނު މައްސަލާގައި އޭގެ ވެރިފަރާތް 40 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މީގެ ކުރިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ބޮންޑެޑް ވެއާހައުސްއަކުން ސިނގިރެޓް ގެއްލުނު މައްސަލަ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ބަލަމުން އަންނަ ކަމަށާއި، ޒަމާންތަކެއް ވަންދެން ބޮންޑެޑް ވެއާހައުސްތައް މާލޭގެ އެކި ގެތަކުގައްޔާއި އަދި އެޕާޓްމަންޓްތަކުގައި ހިންގަމުން އައި ކަމަށާއި އެ ތަންތަނުގައި ދެ ތަޅު ހަރުކޮށްފައިވާ ހުންނަކަމަށް ވިދާޅުވެފައެވެ.
އެގޮތުން އޭގެ ތެރެއިން އެއްތަޅުގެ ތަޅުދަނޑި އޮންނަނީ ކަސްޓަމްސް ގައި ކަމަށެވެ. އިތުރަށް މިނިސްޓަރ އިހްސާން ވިދާޅުވެފައިވާގޮތުން ސިނގިރޭޓްތަކެއް ގެއްލިފައިވާ ބޮންޑެޑް ވެއާހައުސް އަކީ ވެސް އެގޮތަށް ގެއެއްގައި ހަދާފައި ހުރި ތަނެއް ކަމަށެވެ.
ނަމަވެސް ވެރި ފަރާތުން ވެއާހައުސް ހިންގި ތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކުރަމުން އަންނަ މައުލޫމާތު ކަސްޓަމްސްއަށް ލިބުމުން އެކަން ޔަގީންކޮށް ވެއާހައުސްގައި ހުރި ކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
އެގޮތަށް ގޭގެތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ސަރުކާރުން ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމަ އެކަނީ "ކަސްޓަސްގެ ފުލް ކޮންޓްރޯލް" އޮންނަ ސަރުހައްދުތަކުގައި އެކަނި ކަމަށް ކަނޑައަޅައި އެ ސިޔާސަތު މިހާރު ތަންފީޒުކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ބޮންޑެްޑް ވެއާހައުސްއިން ގެއްލިފައިވަނީ ގާތްގަނޑަކަށް 34،500 ކާޓޫނުގެ ސިނގިރޭޓް ކަމަށާއި، އޭގެ އިމްޕޯޓު ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕުގެ ގޮތުގައި ދައުލަތަށް ގާތްގަނޑަކަށް 47 މިލިއަން ރުފިޔާ ލިބެންޖެހެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
