މާލެ: 31°C

ޗައިނާއަށް ރާއްޖެއިން މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރެވޭނީ އިންޓަނޭޝަަނަލް ޓްރޭޑް ވިންޑޯގައި ރެޖިސްޓްރީވެގެން

January 6, 2025
2 ފަހަރު ބަލާފައި
ޗައިނާއަށް ރާއްޖެއިން މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރެވޭނީ އިންޓަނޭޝަަނަލް ޓްރޭޑް ވިންޑޯގައި ރެޖިސްޓްރީވެގެން
ޗައިނާއަށް ރާއްޖެއިން މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރެވޭނީ އިންޓަނޭޝަަނަލް ޓްރޭޑް ވިންޑޯގައި ރެޖިސްޓްރީވެގެން
ދިވެހިރާއްޖެއިން ޗައިނާއަށް މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނީ ޗައިނާގެ ”އިންޓަރނޭޝަނަލް ޓްރޭޑްވިންޑޯ“ ގައި ރަޖިސްޓްރީކޮށްގެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ. މިގޮތަށް ނިންމާފައިވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެމްއެފްޑީއޭ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އުފައްދާ މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ރަޖިސްޓްރީ ކުރަންޖެހޭނީ ލިންކް މެދުވެރިކޮށެވެ. މި އެއްބަސްވުމާ ގުޅޭ ގޮތުން ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މިނިސްޓްރީން މަޢުލޫމާތު ދެމުން ބުނެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގައި ސޮއިކޮށްފައިވާތީ، ރާއްޖޭގެ މަސްވެރިކަމުގެ ގިނަ އުފެއްދުންތަކެއް ޗައިނާއަށް ޓެކުހަކާ ނުލައި އެކްސްޕޯޓް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ މި އެއްބަސްވުމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އެކްސްޕޯޓު އިތުރު ކުރުމާއި، ވިޔަފާރީގެ ހުރަސްތައް މަދު ކުރުމާއި، ދެ ޤައުމުގެ ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް އުފެއްދުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި އެއްބަސްވުން ތަންފީޒު ކުރެވުމުން މަސްވެރިކަމުން ޖީޑީޕީއަށް ހިއްސާ ކުރާ މިންވަރު އިތުރުވެ، ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ