މާލެ: 31°C

ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށް އަމިއްލަ ކުންފުންޏަކުން ބުނެފި

January 6, 2025
2 ފަހަރު ބަލާފައި
ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށް އަމިއްލަ ކުންފުންޏަކުން ބުނެފި
ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށް އަމިއްލަ ކުންފުންޏަކުން ބުނެފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ދިރިއުޅޭ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާއަކީ ލޯންޗެއް ބަންނަން ދިން ފައިސާ ކަމަށް ރިލެކްސް ފެރީ ސާވިސަސްއިން ބުނެފި އެވެ. މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު، އުސޫލާ ޚިލާފަށް ގޯތި ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފަޒުލްގެ ދިރިއުޅޭ ގެ ބަލައި ފާސްކުރި އެވެ. މި ބަލައި ފާސްކުރުމުގައި ފުލުހުން ވަނީ އިލެކްޓްރޯނިކް ސާމާނުތަކަކާއި ގިނަ އަދަދެއްގެ ފައިސާ އެ ގެއިން ގެންގޮސްފަ އެވެ. ރިލެކްސް ފެރީ ސާވިސްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ އެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށެވެ. އަދި ފަޒުލްގެ ކުންފުނިން ބަނދެދިން ލޯންޗުގެ ފެންވަރު ރަނގަޅުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ކުރީކޮޅު ދެވަނަ ލޯންޗެއް ބަނުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ