މާލެ: 31°C

ސީރިއާ އަންހެނަކާއި ޖޯޑަންގެ ފިރިހެނަކު އިމިގްރޭޝަންގެ ޑިޓެންޝަނަށް

January 6, 2025
2 ފަހަރު ބަލާފައި
ސީރިއާ އަންހެނަކާއި ޖޯޑަންގެ ފިރިހެނަކު އިމިގްރޭޝަންގެ ޑިޓެންޝަނަށް
ސީރިއާ އަންހެނަކާއި ޖޯޑަންގެ ފިރިހެނަކު އިމިގްރޭޝަންގެ ޑިޓެންޝަނަށް
ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވެ، ގަވައިދާ ހިލާފުވި ދެ ބިދޭސީން ހޯދައި މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އިމިގްރޭޝަނުން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި  ބުނީ އެތަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ އުރުދުންގެ ފިރިހެނެއްގެ އިތުރުން ސީރިޔާގެ އަންހެނެއް ކަމަށެވެ. އެއީ ރަބީ ހައިތަމް އަހްމަދު ޖުމަހު(24އ) އަދި އީމާން ކަރަމާން (19އ) އެވެ. އިމިގްރޭޝަން އިން ބުނީ މި ދެމީހުން ހިފަހައްޓާފައިވަނީ އާމުންގެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެ ދެމީހުންނަކީ ޓޫރިސްޓް ވިސާގައި ތިބެ ހުއްދަނެތި ވިޔަފާރީގެ ހަރަކާތްތަކުގައި ބައިވެރިވެ، އާންމު ތަންތަނުގައި ގާނޫނާ ހިލާފަށް ދިރިއުޅެމުންދިޔަ ދެމީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެމީހުން ރާއްޖެއިން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. އިމިގްރޭޝަނުން ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކުގެ މައުލޫމާތު ލިބޭނަމަ، އިމިގްރޭޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަން ހިއްސާ ކުރުމަށް އެދިފަ އެވެ. މިދިޔަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހު ޓޫރިސްޓު ވިސާގައި އެތެރެވެ، ވިޔަފާރި ކުރަމުން ދިޔަ މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަ އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ