
ގުޅީފަޅުގެ މަގުތަކާއި ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ޗައިނާގެ ސީއެމްއީސީ ކުންފުންޏާ ހަވާލުކޮށްފި
ގުޅީފަޅުގެ މަގުތަކާއި ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ޗައިނާގެ ސީއެމްއީސީ ކުންފުންޏާ ހަވާލުކޮށްފި
ލިޔުން:
ގުޅީފަޅުގެ މަގުތަކާއި ހިދުމަތްތައް ދިނުމަށް ބޭނުންވާ އެހެނިހެން އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. ސީއެމްއީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ރީޖަނަލް ޖެނެރަލް މެނޭޖަރު، ޝެން ހައު ޖިން އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސޓްރ ްމުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރި އެެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ޗައިނާއަށް ވަޑައިގެން ސޮއި ކުރެއްވި އެމްއޯޔޫތަކުގެ ދަށުން ސޮއިކުރި އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމުގެ ތެރެެއިން ހިންގޭ މަޝްރޫއުގެ ތެރެއިން ގުޅީފަޅުގެ ކަރަންޓް ވިއުގަ ގާއިމު ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމާއި ޑީ ވޯޓަރިން ސިސްޓަމް ގާއިމު ކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ޖީޕޯން ޑަކްޓިން ސިސްޓަމް ގާއިމު ކުރުމުގެ އިތުރުން ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ގާއިމު ކުރުން ވެސް ހިމެނޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
