
އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދައުވާކޮށްދޭން ފޮނުވައިފި
އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދައުވާކޮށްދޭން ފޮނުވައިފި
ލިޔުން:
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަތުހަރުގެ މަރާގުޅޭ މައްސަލައާ ގުޅިގެން އެ ދެ ފުލުހެއެއްގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 2 ވަނަ ދުވަހު އާދަމް އަތުހަރު މަރުވެފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައިގަ ފުލުހުންގެ ހައްޔަރުގައި ހުއްޓައި ސެޕްޓެމްބަރ 1 ވަނަދުވަހުގެ ރޭ އޭނާ ހަޔްޔަރުކޮށްފައިހުރި ގޮޅީގައި އަމިއަލައަށް މަރުވާން މަސައްކަތްކުރުމާއި ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު 2 ވަނަދުވަހު އެވެ.
އަތުހަރު ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން އަތުހަރުގެ ބޮލުގައި މުގުރިއަކުން ޖެހުމުން އަހުތަރުގެ ބޮލަށް ލިބުނު ގެއްލުމަށް ފަރުވާދިނުމަށްޓަކައި އޯގަސްޓް 31 ވަނަ ދުވަހު އައިޖީމް ހޮސްޕީޓަލަށް ގެންގޮސް ފަރުވާދީފައިވެސް ވެއެވެ. އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުންފެށިގެން މަރުވުމާހަމައަށް ފުލުހުން އަމަލުކުރި ގޮތް ހިއުމަން ރައިޓްސް ކޮމިޝަން އިން ވަނީ ތަހުގީގުކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
