
އާރުޑީސީގެ އެޕްރެންޓިސް ޕްރޮގްރާމް (ބިނާވެހި) ގެ 3 ވަނަ ބުރު ފަށައިފި
އާރުޑީސީގެ އެޕްރެންޓިސް ޕްރޮގްރާމް (ބިނާވެހި) ގެ 3 ވަނަ ބުރު ފަށައިފި
ލިޔުން:
ޒުވާނުން ވާޒިފާގެ މާހައުލަށް އަހުލުވެރިކުރުވައި ޒުވާނުން ބިނާ ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ އިން ހިންގާ "ބިނާވެހި" އެޕްރެންޓިސް ޕްރޮގްރާމް ގެ 3 ވަނަ ބުރު ފަށައިފި އެވެ.
އެކުންފުނިން ހާމަކުރި ގޮތުގައި "ބިނާވެހި" އެޕްރެންޓިސް ޕްރޮގްރާމް ގެ 3 ވަނަ ބުރު ގައި އަންހެން 3 ބައިވެރިންނާއި ފިރިގެން 2 ބައިވެރިންނާއެކު ޖުމްލަ 5 ޒުވާނަކު ވަނީ ބައިވެރިވެފައެވެ. އެ ޕްރޮގްރާމުގެ ބައިވެރިންނަށް ލިޔުން ހަވާލުކޮށް ދެއްވީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު އެވެ.
ޕްރޮގްރާމުގެ ބައިވެރިންނަށް މަހުން މަހަށް ދެވޭ އެލަވަންސަކާއެކު 6 މަސް ދުވަހަށް ކުރިއަށް ގެންދާ "ބިނާވެހި" އެޕްރެންޓިސް ޕްރޮގްރާމުގައި އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓްގެ ދާއިރާ އާއި އެޑްމިނިސްޓްރޭޝަން ދާއިރާ އާއި، ސެކިއުރިޓީ އެންޑް ސޭފްޓީ ދާއިރާ އާއި، އިންވެންޓްރީ ދާއިރާ އާއި، އައިސީޓީ ދާއިރާ އާއި، ލޮޖިސްޓިކްސް ދާއިރާ އާއި، ޕްރޮޑަކްޝަން ދާއިރާއި، އެޗްއާރް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާ އާއި، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ދާއިރާއާއި، ސޭލްސް އެންޑް މާކެޓިން ދާއިރާގެ އިތުރުން ޕަބްލިކް ރިލޭޝަންސް ދާއިރާ ހިމެނެއެވެ،
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
