މާލެ: 31°C

މަސައްކަތްކުރަނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން، ނަމަވެސް ދަތިތަކެއް އެބަހުރި: މޭޔަރ އާޒިމް

January 6, 2025
2 ފަހަރު ބަލާފައި
މަސައްކަތްކުރަނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން، ނަމަވެސް ދަތިތަކެއް އެބަހުރި: މޭޔަރ އާޒިމް
މަސައްކަތްކުރަނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން، ނަމަވެސް ދަތިތަކެއް އެބަހުރި: މޭޔަރ އާޒިމް
މަސައްކަތްކުރަނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ކަމަށާއި ނަމަވެސް އެކަމުގައި މިއަދު ދަތިތަކެއް އެބަހުރިކަމަށް މާލެސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ރޭ ރައްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ މަސައްކަތްކުރަނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ކަމަށާއި ނަމަވެސް އެކަމުގައި މިއަދު ދަތިތަކެއް އެބަހުރިކަމަށާއި އެގޮތުން މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލާ ބަޖެޓާއެކު ޚަވާލުކޮށްފިނަމަ ހަމަ ޔަގީނުންވެސް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި، ނޫނީ މިހާރު ސިޓީކައުންސިލުން ބުނެފައިވާގޮތަށް އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެނެދެވިނަމަވެސް އެ މައްސަލައެއްކޮށް ހައްލުކުރެވޭނެ ކަމަށެވެ. އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ ބޯކޮށް ވާރޭވެހުމުން ވީހާވެސް އަވަހަކަށް ފެންގަނޑު ހިނދިގެން ދާނެ ނިޒާމެއް މާލޭގެ އަޑީގައި އޮންނަންޖެހޭ ކަމަށާއި އެކިއެކި ދައުރުތަކުގައި ފެނުގެ ނިޒާމު ރަނގަޅު ކުރުމުގެ ނަމުގައި މިލިއަނުން ފައިސާ ހަރަދުކޮށްފައިވާ ނަމަވެސް އެކަން ކުރުމުގައި އެތައް އަހަރެއް ވަންދެން އުޅުނު ބޭފުޅުންގެ ފަރާތުން އިހްލާސްތެރިކަން ހުރިތަން ފެނިގެންގޮސްފައި  ނުވާކަމަށެވެ.
ސަރުކާރުގައި މިހާރުވެސް މި އެދެނީ އަޅުގަނޑުމެންނަށް އެ ބަޖެޓް ދެއްވާށޭ، އަޅުގަނޑުމެން އެކަން ހައްލުކޮށްދޭނަމޭ. އަޅުގަނޑު ކުރާ ކަމެއް ކުރާނީ އެތައް ޒަމާނެއްގައި އަންނަ ޖީލުތަކަކަށް އެ ކަންތައްތަކުގެ ނަފާވާ ގޮތަށް ތިން ހަތަރު ފަހަރަށް މާލޭގައި ސްޓޯމް ވޯޓާ އަޅާ ގޮތަކަށް ނޫން އަޅުގަނޑުމެން ކުރާނީ
މޭޔަރުގެ ވާހަކާގައި އިތުރަށް ފާހަގަކުރެއްވީ މާލޭ ސިޓީ ކައުންސިލް ގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ބަޖެޓަކީ އެފަދަ ބޮޑު މަސައްކަތެއް ކުރެވޭވަރުގެ އަދަދަކަށް ނުވާ ކަމަށާއި އެގޮތުން ސިޓީ ކައުންސިލް ހިންގަމުންގެންދަނީ މަދު ފައިސާއާއި މަދު ވަސީލަތްކަކާއެކު ކަމަށެވެ. ނަމަވެސް މިހާރު ހުރި ވަސީލަތްތަށް ބޭނުންކޮށްގެންވެސް ބޮޑެތި ފަސޭހަތަކެއް މާލޭގެ ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާކަމަށާއި، ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލު ހޯއްދަވައިދެއްވުމަށް އިތުރަށް ބަޖެޓް ބޭނުންވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ