އިންޑިއާހަލީލް ވިދާޅުވަނީ އިންޑިއާ އައުޓަކީ ޔާމީންގެ ވިސްނުމެއް

އިންޑިއާހަލީލް ވިދާޅުވަނީ އިންޑިއާ އައުޓަކީ ޔާމީންގެ ވިސްނުމެއް
ލިޔުން:
އިންޑިއާ އައުޓަކީ ޔާމީންގެ ވިސްނުމެއް ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިންޑިއާގެ "ވިއޯން" އާ ވާހަކަ ދައްކަވަމުންނެވެ.
ވިއޯންއަށް ދެއްވި އިންޓަވިއުގައި ހަލީލް ވިދާޅުވީ އިންޑިއާއާ އެ ގައުމުގެ ރައްޔިތުންނާ އެކު އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިގްތިސާދީ ގުޅުމާ، ސަލާމަތީ ޕާޓްނާޝިޕްގެ ރޮނގުން ވެސް ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ސްޓްރެޓެޖިކް ގުޅުން ބަދަހިވެ ކުރިއަރަމުން އަންނަ ކަމަށެވެ.
ހަލީލް ވިދާޅުވި ގޮތުގައި ޔާމީނަކީ މިހާރު ޑރ. މުޢިއްޒުގެ ވެރިކަމާ އެއްގޮތަކުންވެސް ގުޅުން އޮތް ބޭފުޅެއް ނޫން ކަމަށާއި އެއީ އިދިކޮޅަށް މަސައްކަތްކުރައްވާ ފަރާތެކެވެ. އަދި ޑރ. މުޢިއްޒު ބޭނުންފުޅުވަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަންކަން ހަލީލް ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
