މާލެ: 31°C

މެސީއަށް އެމެރިކާގެ އެންމެމަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ޝަރަފް އަރުވައިފި

January 5, 2025
2 ފަހަރު ބަލާފައި
މެސީއަށް އެމެރިކާގެ އެންމެމަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ޝަރަފް އަރުވައިފި
މެސީއަށް އެމެރިކާގެ އެންމެމަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ޝަރަފް އަރުވައިފި
އެމެރިކާގެ އެންމެ މަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ލިއޮނެލް މެސީއަށް އަރުވައިފިއެވެ. އެމެރިކާގެ ތަނަވަސްކަމާއި އަސާސްތަކާއި ސަލާމަތާއި ރައްކާތެރިކަމާއި ދުނިޔޭގެ ސުލްހައަށް ނުވަތަ އެނޫންވެސް މުހިންމު އިޖުތިމާއީ، އާންމު ނުވަތަ އަމިއްލަ މަސައްކަތްތަކުގައި ނަމޫނާ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ހާއްސަ އެމެރިކާގެ އެންމެ މަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ގެ ޝަރަފް މެސީއަށް އަރުވަން އެމެރިކާގެ ރައީސް ޖީބައިޑަން ނިންމެވި ނިންމެވުމަކީ ވަރަށް އާދަޔާ ހިލާފު ނިންމެވެމެއްކަމަށާއި މެސީގެ ފަރާތުން އެމެރިކާ އަށާއި ދުނިޔެއާއި މުޖުތަމައުއަށް ބޮޑެތި ފައިދާ ތަކެއް ކޮށްފައިވާކަމަށް ވައިޓްހައުސް އިން ބުނެފައިވެއެވެ. އަށް ފަހަރެއްގެ މަތިން ބެލޮން ޑިއޯ ހާސިލްކޮށްފައިވާ ލިއޮނެލް މެސީ އެމެރިކާއަށް ބަދަލުވީ ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އެމްއެލްއެސްގެ ޓީމެއް ކަމަށްވާ އިންޓަ މިއާމީއާ ގުޅުމުން ނެވެ. އާޖެންޓީނާގެ މި ކުޅުންތެރިޔާއަކީ "ލިއޯ މެސީ ފައުންޑޭޝަން" މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދިންނަށް ބޭނުންވާ ސިއްހީ އަދި ތައުލީމީ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކުޅުންތެރިއެކެވެ. ހޮނިހިރު ދުވަހު ބޭއްވި މެޑަލް ދިނުމުގެ ހަފްލާއަށް މެސީ ހާޒިރުވެފައެއް ނުވެއެވެ. ސަބަބަކަށްވީ މެސީގެ އެހެން ޕްލޭންތަކެއް ކުރިއާލާ ރާވާފައިހުރުމުންކަމަށް އެކަން ހާމަކޮށް ވައިޓްހައުސް އަށް މެސީގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިބވެއެވެ. އަދި ޝަރަފު އުފަލާއެކީ ލިބިގަންނަކަމަށްވެސް މެސީގެ ސިޓީގައި ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ