މާލެ: 31°C

ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސް ތަޢުރީފް ކުރައްވައިފި

January 4, 2025
2 ފަހަރު ބަލާފައި
ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސް ތަޢުރީފް ކުރައްވައިފި
ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސް ތަޢުރީފް ކުރައްވައިފި
ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައިފި އެވެ. ރައީސް އެފަދައިން ތަޢުރީފު ކުރެއްވީ، ދުނިޔޭގެ ބްރޭލް ދުވަސް ފާހަގަކުރުމުގެ ގޮތުން، ހޮނިހިރު ދުވަހު އާންމުކުރެއްވި މެސެޖެއްގަ އެވެ. މިމެސެޖުގައި، ބްރޭލްގެ އީޖާދީ، އިންގިލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި ބްރޭލް އަދާކުރި މުހިންމު ދައުރަށް އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފަ އެވެ. އަދި، ބްރޭލަކީ އެފަދަ ފަރާތްތަކަށް މުޖުތަމަޢުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއް ކަމަށާއި، އޭގެ ސަަބަބުން، އެފަދަ ފަރާތްތަކަކީ ގައުމީ ތަރައްހީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާކަަމަށްވެސް ރައީސް ފާހަގަ ކުރަށްވާފައިވެ އެވެ. ރައީސްގެ މެސެޖުގައި ލޮލަށް ފެނުމުގައި ދަތިކަންހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ. ރައީސް ވަނީ ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތްތަކާއި ވަޞީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ޤައުމެއްގައިވެސް އަސާސީ ޒިންމާއެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މިއަދުގެ ސަރުކާރަކީ މުޖުތަމަަޢުގެ މިފަދަ ޒަރޫރީ ބޭނުންތަކަށް ރިޢާޔަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭ ސަރުކާރެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަން ތަކުރާރު ކުރައްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ