
30569 ޓަނުގެ ފެން ބޭރުކޮށް، ފެންގަނޑު ހިންދައިފި
30569 ޓަނުގެ ފެން ބޭރުކޮށް، ފެންގަނޑު ހިންދައިފި
ލިޔުން:
ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި ވެރިރަށް މާލެއަށް އިއްޔެ ވެހުނު ވާރޭވެހި ބޮޑުވި ފެންގަނޑު ހިންދަން އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފި އެވެ.
އިއްޔެ ހެނދުނުން ފެށިގެން ހުއްޓާނުލައި ވެހުނު ވާރޭގައި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ގެތަކަށާއި ފިހާރަތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މާލޭ މަގުތަކުން ފެން ހިންދުމަށް އިއްޔެ 11:37 ހާއިރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުން މިއަދު 08:30 ހާއިރު މަގުތައް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި 30569 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނީ 17 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މާލޭގެ 6 ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
