މާލެ: 31°C

އެޗްއެމްޕީވީ ވައިރަހުގެ އައުޓްބްރޭކެއް އުފެދި ފަސް އަހަރުފަހުން ޗައިނާ އަނެއްކާވެސް ބިރުވެރިކަމުގެ ތެރެއަށް

January 4, 2025
2 ފަހަރު ބަލާފައި
އެޗްއެމްޕީވީ ވައިރަހުގެ އައުޓްބްރޭކެއް އުފެދި ފަސް އަހަރުފަހުން ޗައިނާ އަނެއްކާވެސް ބިރުވެރިކަމުގެ ތެރެއަށް
އެޗްއެމްޕީވީ ވައިރަހުގެ އައުޓްބްރޭކެއް އުފެދި ފަސް އަހަރުފަހުން ޗައިނާ އަނެއްކާވެސް ބިރުވެރިކަމުގެ ތެރެއަށް
ޗައިނާގައި އެޗްއެމްޕީވީ ޖެހޭ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ވައިރަހަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންގެ މެދުގައި މި ބަލި ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. ތޮއްޖެހިފައިވާ ހޮސްޕިޓަލްތަކުގެ ވާހަކަތަކުން ސޯޝަލް މީޑިއާ ފުރިފައިވީ ނަމަވެސް ރަސްމީ އެއްވެސް ރިޕޯޓެއްގައި ހާލަތު ސީރިއަސް ކަމަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ނޭވާލާ ނިޒާމުގެ އިންފެކްޝަންތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެންސީޑީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވާގޮތުގައި އެޗްއެމްޕީވީ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2001 އެމެރިކާއިންނެވެ. މި ބަލީގެ އާންމު އަލާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި ކެއްސުމާއި ނޭފަތް ބެދުމާއި ނޭވާލާން އުނދަގޫވުން ހިމެނެ އެވެ. އެޗްއެމްޕީވީ އަކީ ކެއްސުމާއި ކިނބިހި އަޅާ އިރު ބުރައިގެންދާ ތިކިތަކުގެ ސަބަބުން ފެތުރުން ފަސޭހަ ފެތުރޭ ބައްޔެކެވެ. އަދި މި ބައްޔަކީ މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ވެކްދސިނެއް ވެސް ހޯދިފައި ނުވާ ބައްޔެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ