މާލެ: 31°C

އިއްޔެ ރާއްޖެއަށްކުރި ވިއްސާރައިގެ ސަބަބުން ހާލުގައިޖެހުނު 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ: އެންޑީއެމްއޭ

January 4, 2025
2 ފަހަރު ބަލާފައި
އިއްޔެ ރާއްޖެއަށްކުރި ވިއްސާރައިގެ ސަބަބުން ހާލުގައިޖެހުނު 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ: އެންޑީއެމްއޭ
އިއްޔެ ރާއްޖެއަށްކުރި ވިއްސާރައިގެ ސަބަބުން ހާލުގައިޖެހުނު 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ: އެންޑީއެމްއޭ
އިއްޔެ ކުރި ގަދަ ވިއްސާރައިގެ ސަބަބުން މީހުން ދިރިނޫޅޭވޭވަރަށް ގެއްލުންވި 36 ގެއެއްގެ226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އިއްގެ ވިއްސާރާގައި އެކިކަހަލަ ގެއްލުންތައްވެގެންނާއި ރައްކާތެރިކަމުގެ އެހީތެރިކަށްއެދި  774 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 554 ތަނަކުން އެދިފައިވަނީ ފެންވަނުން ހުއްޓުވާދިނުމަށް ވެލިބަސްތާ ޖަހައިދިނުމަށް ކަމަށެވެ. އަދި އޭގެ އިތުރުން 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހެދިފައިވާ ކަމަށާއި މީގެތެރެއިިން 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. އެންޑީއެމްއޭއިން ހާމަކޮށްފައިވާ މައުލޫމާތުގައި އިއްޔެކުރި ވިއްސާރާގައި ފ. ނިލަންދޫގެ 80 އިންސައްތާގައި ފެން ބޮޑުވިއިރު ހިންމަފުށީގެ 60 އިންސައްތާގައި ފެން ބޮޑުވެފައިވެ އެވެ. އަދި ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި އަދި ދ. ކުޑަހުވަދޫ އާއި ދ. މީދޫ އާއި ދ. މަގޫދޫގެ 10 ވަރަކަށް ގެއްށް ފެންވަދެފައިވާކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ