
މާލޭގައި ފެންބޮޑުވެފައިވާތީ ބަރުވެހިކަލް ނުދުއްވުމަށް ފުލުހުން އެދެފި
މާލޭގައި ފެންބޮޑުވެފައިވާތީ ބަރުވެހިކަލް ނުދުއްވުމަށް ފުލުހުން އެދެފި
ލިޔުން:
މާލޭގައި ފެންބޮޑުވެފައިވާތީ ބަރުވެހިކަލް ނުދުއްވުމަށް ފުލުހުން އެދެފިއެވެ.
އެކަން ހާމަކޮސް ފުލުހުން ކޮށްފައިވާ އިލްތިމާސްގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުވެސް އަދާކޮށްފައިވެ އެވެ.
މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުންފެށިފގެން މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލެ ސަރަހަށްދަށް މެދުނުކެނޑި ކުރަމުންދާ ވިއްސާރާގައި މިއަދު މެންދުރުންފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ އެއްގަމު ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. އަދި ގެތަކަށް ފެންވަދެ އާއްމުންގެ މުދަލާ ތަކެއްޗަށް ދަނީ ގެއްލުން ވަމުންނެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މިރޭ 11 ގެ ނިޔަލަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
