ގުރައިދޫގައި ފެންބޮޑުވުމާގުޅިގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފި

ގުރައިދޫގައި ފެންބޮޑުވުމާގުޅިގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފި
ލިޔުން:
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު ވެހެމުންދާ ވާރޭގައި ކ.ގުރައިދޫގައި ފެންބޮޑުވެ ރަށުގެ ބައެއް ގެތަކާއި ވިޔާފާރިތަކަށް ގެއްލުންވުމާގުޅިގެން ފެންހިންދުމުގެ މަސައްކަތުގައި މޯލްޑވްސް ނެޝަނަލް ޑިފެންސްފޯސް އިން ހަރަކާތެރިވާން ފަށައިފިއެވެ.
އެކަން ހާމަކޮށް އެމްއެންޑީއެފްގެ އެކްސް ގައި ކޮސްފައިވާ ޕޮށްޓުގައި ބުނެފައިވަނީ މިހާރުކުރަމުންދާ ވިއްސާރާގައި ކ.ގުރައިދޫގައި ފެންބޮޑުވުމާގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ މާލެ އެރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމެށެވެ. މީގެ އިތުން މާލޭގައިވެސް ފެންބޮޑުވެ އެއްގަމު ދަތުރުފަތުރަށް ހުރަސްއެޅިފައިވާތީ ސިފައިން ވަނީ އެއާޕޯޓުން މީހުން ތަންތަނަށް ގެންގޮސްދިނުމުގެ މަސައްކަތުގައިވެސް ހަރަކާތްތެރިވާން ފަށާފައެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ފިހާރަތަކަށާއި ގެނަތަކަށްވެސް ފެންވަދެފައިވާއިރު މާލޭގެ ފެންގަނޑު ހިއްކުމުގެ މަސައްކަތުގައިވެސް ސިފައިންސދަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
