
ރާއްޖޭގެ ފޮރިންމިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވައިފިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި
ރާއްޖޭގެ ފޮރިންމިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވައިފިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި
ލިޔުން:
ރާއްޖޭގެ ފޮރިންމިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވައިފިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޚަލީލް މިއަދު ވަނީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް އަސްކަރީ ގޮތުންނާއި އިގްތިސާދީގޮތުން އިތުރަށް ގުޅުންބަދަހިކޮށް އިތުރު ފުސުސަތުތައް ފަހިކުރުމާގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ޖައެ ޝަންކަރ އާއެކު ރަސްމީ ވާހަކަތައް ކުރިއަށްގެނެދެވުމަށްވެސް ހަމަޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ދަތުރުފުޅަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ މުއިއްޒު އިންޑިއާއަށް ކުރެއްވި 5 ދުވަހުގެ ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެއްކަމަށާއި، މި ދަތުރުފުޅަކީ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަގުފަހިކޮށްދާނެ ދަތުރުފުޅެއް ކަމަށާއި އެގޮތުން "ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ގެ ނަމުގައި ދެ ގައުމުގެ ގުޅުން ބަދަހިވަމުންއަންނަ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
