މާލެ: 31°C

މާދަމާ އެއާޕޯޓުގެ މޫވްމަންޓް ބާރުބޮޑުވާނެތީ އެކަމަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސްކޮށްފި

January 2, 2025
2 ފަހަރު ބަލާފައި
މާދަމާ އެއާޕޯޓުގެ މޫވްމަންޓް ބާރުބޮޑުވާނެތީ އެކަމަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސްކޮށްފި
މާދަމާ އެއާޕޯޓުގެ މޫވްމަންޓް ބާރުބޮޑުވާނެތީ އެކަމަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސްކޮށްފި
މާދަމާ އެއާޕޯޓުގެ މޫވްމަންޓް ބާރުބޮޑުވާނެ ކަމަށް ލަފާކޮށް އެކަމަށް ތައްޔާރުވެ ދުރާލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ދިއުމަށް އިލްތިމާސްކޮށްފި އެވެ. ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ރާއްޖެއިން އުމްރާގެ އަޅުކަމަށް ދިޔަ މީހުން މާދަމާ އައުމަަށް ހަމަޖެހިފައިވާތީ ޓާމިނަލް ސަރަަހައްދުގަ އާއި އެއާޕޯޓަށްދާ މަގުގައި ޓްރެފިކް ބާރުބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ބާރުބޮޑުވާ ގަޑިތަކުގައި ޓެކްސީ ސެންޓަރުތަކުންނާއި ޑްރައިވަރުން މީހުން އުފުލުމުގަ އާއި ބޭލުމުގައި އެއާޕޯޓުގައި ހަރަކާތްތެރިވާއިރު، ކަނޑައެޅިފައިވާ ޓްރެފިކް ފްލޯ އާ އެއްގޮތަށް އަމަލުކުރުމަށް އެ ކުންފުނިން އެދެ އެވެ. ވީއައިއޭއަށް ބާރުބޮޑުވާނެ ގަޑިތައް: ހެނދުނު 6:00 އިން 9:00 އަށް 2،678 މީހުން އަންނާނެ، އޭގެ ތެރޭގައި 618 އުމްރާވެރިން ހިމެނޭ 1،372 މީހުން ފުރަން ހަަމަޖެހިފައިވޭ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް 2،071 މީހުން އަންނާނެ، އޭގެ ތެރޭގައި 452 އުމްރާވެރިން ހިމެނޭ 1،091 މީހުން ފުރަން ހަަމަޖެހިފައިވޭ ވީއައިއޭއިން މާދަމާ ފުރަން ހަމަޖެހިފައިވާ މީހުން ފްލައިޓުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ