މާލެ: 31°C

44 ސްކޫލުގެ 120 ކެޑޭޓުންނާއެކު 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ބާއްވައިފި

January 2, 2025
2 ފަހަރު ބަލާފައި
44 ސްކޫލުގެ 120 ކެޑޭޓުންނާއެކު 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ބާއްވައިފި
44 ސްކޫލުގެ 120 ކެޑޭޓުންނާއެކު 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ބާއްވައިފި
44 ސްކޫލަކޫލަކުން 120 ކެޑޭޓުން ބައިވެރިވި 24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ބާއްވައިފިއެވެ. 2 ހަފްތާގެ މުއްދަތަށް އެމްއެންޑީއެފްގެ ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބޭއްވި 24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ ނިންމުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ޕާސިންގ އައުޓް ޕެރޭޑް ޝަރަފްވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ. 2024 ޑިސެމްބަރ 21 އިން 2025 ޖެނުއަރީ 1 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ކޭމްޕުގައި 66 ފިރިހެން ދަރިވަރުންނާއި 54 އަންހެން ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީ ލަންކާ އަދި ނޭޕާލް ހިމެނޭހެން، 12 ކެޑޭޓުންނާއި އެ ޤައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ 3 އޮފިސަރުން ބައިވެރިވެފައިވެއެވެ. 24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެ މޮޅު ފިރިހެން ކެޑޭޓްގެ މަޤާމު ހާސިލުކުރީ، އއ. މަތިވެރި ސްކޫލުގެ، ކެޑޭޓް ކޯޕްރަލް މުޙައްމަދު ޒިމްޔާން އެވެ. އަދި އެންމެ މޮޅު އަންހެން ކެޑޭޓުގެ މަޤާމު ހާސިލުކުރީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ފާޠިމަތު މައިހާ މުޙައްމަދެވެ. އެކަޑެމިކް މާއްދާތަކުން އެންމެ މޮޅު ކެޑޭޓްގެ މަޤާމު ހާސިލުކުރީ މާފުށީ ސްކޫލުގެ، ކެޑޭޓް ސާޖަންޓް ޝައިމް ޝުވައިޒް އާދަމެވެ. ކޭމްޕުގައި ކިޔަވައި ދީފައި ވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. އަދި އެމްއެންޑީއެފްގެ މުދައްރިބުންނާއެކު، ޤައުމީ ކެޑޭޓް ކޯގެ މުދައްރިބުންގެ ޓީމެއް ކޭމްޕްގައި ހަރަކާތްތެރިވެފައިވެ އެވެ. ކެޑޭޓް ކޭމްޕްގެ މަގުސަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢުއަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމެވެ. އަދި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށް ދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ