މާލެ: 31°C

ނޭޕާލް އަންހެން ކުއްޖާގެ ހަށިގަނޑު ފޮނުވާލަން ނިންމައިފި

January 2, 2025
2 ފަހަރު ބަލާފައި
ނޭޕާލް އަންހެން ކުއްޖާގެ ހަށިގަނޑު ފޮނުވާލަން ނިންމައިފި
ނޭޕާލް އަންހެން ކުއްޖާގެ ހަށިގަނޑު ފޮނުވާލަން ނިންމައިފި
ރާއްޖޭގައި މަރުވި ނޭޕާލް ކަންޗަން ދޫގެލް (25އ) ގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ކަންޗަން މަރުވެގެން ނޮވެންބަރު މަހުގެ 9 ވަނަ ދުވަހުގައި ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އޭނާގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އައިޖީއެމްއެޗް އީއާރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަންޗަން މަރުވެފައިވާއިރު، އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ހަބަރު ހުސްވެފައިވާކަން ތަހުގީގުގެ ހޯދުންތަކުން އެނގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން މިއަދު ބުނީ ނޭޕާލް އަންހެން މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މެޑިކޯ ލީގަލް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ކަންޗަން މަރުވި ސަބަބު މިހާތަނަށް އެނގިފައިނުވާ ކަމަށެވެ. އެ ރިޕޯޓުގައި މަރުވި ސަބަބު "އަންނޯން" ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ރިޕޯޓުގައި ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ކަންޗަންއަކީ ލޭގައި ހުންނަ މާއްދާއެއް ކަމަށްވާ ރެޑް ބްލަޑް ސެލްސް މަދުވެ، އޮކްސިޖަން ލިބުމަށް ދަތިވާ ބައްޔެއް ކަމަށްވާ 'އެނީމިއާ' ގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި ޒުވާނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައި ކަމަށާއި މޯޗަރީއަށް ގެންގޮސްފައިވަނީ ހަށިގަނޑާ ސްޕޮންސާގެ ފަރާތުން ހަވާލުވެފައި ނުވާތީ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ